އަވަށްޓެރި އިންޑިއާގެ އެއްވެސް ފަރާތަކާއެކު އިލެކްޝަންސް ކޮމިޝަނުގެ މަސައްކަތްތަކާއި ގުޅޭގޮތުން އެއްވެސް ކަހަލަ މަޝްވަރާތަކެއް ކުރެވިފާވާނަމަ ނުވަތަ ކުރެވެމުންދާނަމަ ވެސް އެކަމުގެ މައުލޫމާތު ހޯދުމަށް އިދިކޮޅުން އީސީ އަށް ހުށަހަޅައިފިއެވެ.
އެގޮތުން މިއަދު ވަނީ އިލެކްޝަންސްގެ މަސައްކަތަކާ ގުޅިގެން އިންޑިއާގެ އެއްވެސް ފަރާތަކާއެކު އެއްވެސް ކަހަލަ ރަސްމީ އަދި ނުރަސްމީ އެއްބަސްވުމެއް ހެދިފައިވާނަމަ އެކަމުގެ ތަފްސީލް ދިނުމަށަ އެދިފައެވެ. މީގެއިތުރުންވެސް އިންޑިއާގެ އެއްވެސް ފަރާތަކާއެކު އެއްވެސް ކަހަލަ އެމްއޯޔޫއެއް ހެދިފައިވާނަމަ އެކަމުގެ ތަފްސީލާއި އަދި ހެދުމަށް ނިންމާފައިވާނަމަ އެކަމުގެ ލިޔެކިޔުން ހޯދުމަށްވެސް އިދިކޮޅުން އެދިފައިވެއެވެ.
އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަނުން ބުނީ އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފުން ތަމުރީނު ކުރުމަށް ނުވަތަ ތަޖުރިބާ ހޯދުމަށް ފޮނުވާފައިވާނަމަ ނުވަތަ ފޮނުވަން ގަސްތު ކުރާނަމަ ނުވަތަ ފޮނުވުމަށް މަޝްވަރާ ކުރެވެމުންދާނަމަ އެ މައުލޫމާތުގެ އިތުރުން އިންޑިއާގެ ވަފުދުތައް ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުގެ މަސައްކަތުގައި އެއްވެސް ހައިސިއްޔަތަކުން ބައިވެރިވާނަމަ ނުވަތަ ކުރުމަށް ނިންމާފައިވާނަމަ އެ މައުލޫމާތުވެސް ހޯދަން އެދިފައިވާ ކަމަށެވެ.
ތިތަނަށް ދިއުމެކޭ ފޫނެތްފަޔަކަށް ފެންފުރުމެކޭ ތަފާތެއް ނުވާނެ.