Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ފްލެޓުތަކަށް އެދޭ ފަރާތްތަކަށް ލިބޭނީ ކިތައް ކޮޓަރީގެ ފްލެޓެއްތޯ ނިންމާނީ މިނިސްޓްރީން

ad image

ގުޅުންހުރި ލިޔުންތައް

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލޭގައި ދޫކުރާ ފްލެޓުތަކަށް އެދޭ ފަރާތްތަކަށް ލިބޭނީ ކިތައް ކޮޓަރީގެ ފްލެޓެއްތޯ ނިންމާނީ ހައުސިން މިނިސްޓްރީން ކަމަށް، މާލޭގައި ދިރިއުޅޭ މީހުންނަށް ފްލެޓު ދޫކުރުމުގެ އުސޫލުގައި ބުނެފިއެވެ.

ހައުސިން މިނިސްްޓްރީން މިއަދު އާންމުކުރި މާލޭގައި ދިރިއުޅޭ މީހުންނަށް ފްލެޓު ދޫކުރުމުގެ އުސޫލުގައި ބުނީ އެޕްލިކޭޝަން ހުށަހަޅާއިރު ދޭއް ނުވަތަ ތިން ކޮޓަރީގެ ފްލެޓުގެ ތެރެއިން ބޭނުންވަނީ ކިތައް ކޮޓަރީގެ ފްލެޓެއް ކަން ބަޔާންކުރުމުގެ ފުރުސަތު އެޕްލިކަންޓަށް ލިބޭނެ ކަމަށެވެ.

މިފަހަރުގެ އުސޫލު އެކުލަވާލާފައިވަނީ މާލޭގައި ދިރިއުޅޭތާ ގިނަ އަހަރުވީ މީހުންނަށް ޕޮއިންޓް ގިނަވާނެ ގޮތަށެވެ. އަދި ދެ ޖިންސުގެ ދަރިން ތިބި ނަމަ ޕޮއިންޓް ދިނުމުގައި ވެސް އިސްލާހުތަކެއް ވަނީ ގެނެސްފައެވެ. މި ސްކީމްގެ ދަށުން ފްލެޓަށް ކުރިމަތިލެވޭނީ އެއްވެސް ބޯހިޔާވަހިކަމެއް ނެތް ފަރާތްތަކަށެވެ. އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ބޯހިޔާވަހިކަމެއް އޮތް ނަމަ، އެ ފަރާތަކަށް ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ލިބިގެނެއް ނުދާނެއެވެ.

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުގައި 7،500 ފްލެޓު އަޅަން ވަނީ ނިންމައިފަ އެވެ.

ފްލެޓަށް އެދޭ މީހުންގެ އަސާސީ ޝަރުތުތަކުގައި ހިމެނެނީ:

  1. ދިވެއްސަކަށް ވުން.
  2. އުމުރުން 18 އަހަރު ވެފައިވުން.
  3. 400 އަކަ ފޫޓަށް ވުރެ ބޮޑު ބަންޑާރަ ނުވަތަ އަމިއްލަ ބިން ނުވަތަ ގޯތިގެދޮރު މިލްކުވެފައި ނުވުން.
  4. ރިއަލް އެސްޓޭޓް މާކެޓުން ހައުސިން ޔުނިޓެއް ގަނެފައި ނުވުން، ނުވަތަ އެފަދަ ތަނެއް ގަތުމަށް އެއްބަސްވެ ފައިސާ ދައްކަމުން ނުދިއުން.
  5. ސަރުކާރުން ކުރިން ހިންގާފައިވާ ސްކީމަކުން ބޯހިޔާވަހިކަމެއް ތިމާއަށް ނުވަތަ ފިރިމީހާ/އަނބިމީހާއަށް ކުރިން ލިބިފައި ނެތުން.

މި ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން ފްލެޓް ދޭނެ ދެ މޮޑެލްއެއް ވެސް އުސޫލުގައި ކަނޑައަޅާފައިވެ އެވެ. އެއީ، މާލެ ސަރަހައްދުން އަލަށް ގެދޮރު ގަތުމަށް ބޭނުންވާ މީހުންނަށް މާލީ ނިޒާމުގެ ތެރެއިން ފައިނޭންސިން ހަމަޖެއްސުމުގެ މަގުސަދުގައި މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ތައާރަފުކޮށްފައިވާ “އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމް”ގެ ދަށުން ދެ ގޮތަކަށް ދޭ ފްލެޓެވެ.

މޮޑެލް 1: އެފޯޑެބަލް ހޯމް އޯނާޝިޕް މޮޑެލް
މިއީ ޑިވެލޮޕަރުންނާއި އިންވެސްޓަރުން ފައިނޭންސް ކޮށްގެން ބޭންކުތައް މެދުވެރިކޮށް ހިންގާ ހައުސިން މަޝްރޫއުތަކުގެ މޮޑެލްއެވެ. މި މޮޑެލްގެ ދަށުން ފްލެޓް ލިބޭނެ މީހުންނަކީ މާލީ އިދާރާއަކުން ދޫކުރާ ހައުސިން ފައިނޭންސް ފެސިލިޓީއަށް ޝަރުތު ހަމަވާ ފުރަތަމަ ފަހަރަށް ގެދޮރު ގަންނަ ނުވަތަ މިލްކުކުރުމަށް އެދޭ މީހުންނެވެ.

މޮޑެލް 2: ރެންޓު-ޓު-އޯން މޮޑެލް

މިއީ، ބޭންކުތަކުން ފައިނޭންސް ކޮށްގެން ހިންގާ ހައުސިން މަޝްރޫއުތަކުގެ މޮޑެލް އެވެ. މި މޮޑެލްގެ ދަށުން ފްލެޓް ލިބޭނެ މީހުންނަކީ މަހަކު 60،000 އަށް ވުރެ ކުޑަ އާމްދަނީއެއް ލިބޭ މީހުންނެވެ.

މި ސަރުކާރުގެ ހައުސިން ސްކީމް، މިދިޔަ ނޮވެމްބަރު މަހުގެ 16 ވަނަ އިއުލާންކުރައްވައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވި ގޮތުގައި، 7،500 ފްލެޓް ދޭނީ “ރެންޓު-ޓު-އޯން މޮޑެލް”ގެ ދަށުންނެވެ.

ސަރުކާރުން މިހާރު ވަނީ މި ސްކީމްގެ ދަށުން ގޯތި ދިނުމަށް 3،000 ފްލެޓް އަޅަން ގައުމީ ބޭންކް، ބީއެމްއެލްއަށް ހުޅުމާލެ 1 އާއި 2 އަދި ވިލިމާލެއިން ބިން ހަމަޖައްސައި ދީފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ