- Advertisement -ad image

3،000 ހަމަކުރިތާ ތިން މަސްވަނީ، ފޯމްތައް ޕްރޮސެސްނުކޮށް ހުރީ އީސީން: އެމްއާރުއެމް

ad image

ގުޅުންހުރި ލިޔުންތައް

ޕާޓީއަށް މެންބަރުން ހަމަކުރިފަހުން ތިން މަސް ވަނީ ކަމަށާއި ފޯމްތައް ޕްރޮސެސް ނުކޮށް ހުރުމަކީ އިލެކްޝަންސް ކޮމިޝަނުގެ މައްސަލަ ކަމަށް މޯލްޑިވްސް ރިފޯމް މޫވުމަންޓުން ބުނެފިއެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާ ގޮތުގެ މަތިން، 3000 މެމްބަރުން ހަމަނުވާ ޕާޓީތައް އުވައިލުމަށް އިލެކްޝަންސް ކޮމިޝަން ތައްޔާރުވެފައިވާ އިއުލާންކުރީ މިއަދުއެވެ. އެގޮތުން އެކޮމިޝަނުން ބުނީ މި ހިނގާ ޖޫން މަހުގެ 14 ވަނަ ދުވަހާ ހަމައަށް 3000 މެމްބަރުން ހަމަނުވާ ސިޔާސީ ޕާޓިތައް އުވައިލުމަށް ނިންމާފައިވާ ކަމަށެވެ. 

ޤާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަނުވެގެން ނޯޓިސް ފޮނުވާފައިވަނީ ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު އެއްޕާޓީ ޑީއާރުޕީ އާއި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)، މޯލްޑިވްސް ލޭބަ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީ)، މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ) އަށެވެ.

އެމްއާރުއެމްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިލެކްޝަންސް ކޮމިޝަނަށް މިހާރު ހުށަހަޅާފައިވާ ފޯމްތަކުގެ ތެރެއިން ބައެއް ފޯމްތަކަކީ އެ ކޮމިޝަނަށް ހުށަހެޅިތާ ވަރަށް ގިނަ ދުވަސްތަކެއްވެފައިވާ ފޯމުތަކެއް ކަމަށާއި ފޯމްތައް ވީހާވެސް އަވަހަކަށް ޕްރޮސެސް ކޮށްދެއްވުމަށް ގޮވާލާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ