ރާއްޖޭގެ އެކި ރަށްތަކުގައި އެކި ބޭނުމަށް އައިސްތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަކުރަން މިސަރުކާރަށް ނުކެރޭނެ ކަމަށް އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުالله ޔާމީން ވިދާޅުވެއްޖެއެވެ. މިރޭ ޕީޕީއެމުން ކުރިއަށް ގެންދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ މި ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ.
އެގޮތުން ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ރަށްތަކުގައި ތިބި އިންޑިއާ ސިފައިންގެ ތަފާސް ހިސާބުތައް އެމަނިފާނުގެ އަތްޕުަޅުގައި އެބައޮތް ކަމަށާއި ވަގުތު ޖެހުމުން އެ ތަފާސް ހިސާބުވެސް ހާމަކުރައްވާނެ ކަމަށެވެ. އަދި ބުރިޖް ހަދަން ބޭނުންވާ މީހުން ކަމަށް ބުނެ އިންޑިއާ ސިފައިން އާއްމު މީހުންގެ ގޮތުގައި ރާއްޖެއަށް ގެންނަން މަސައްކަތް ކުރަމުންދާ ކަމަށްވެސް ރައީސް ޔާމީން ތުހުމަތު ކުރެއްވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތް ގޮތަށް ބަލާއިރު މިއީ ބްރިޖު އަޅަން ބޮޑު ހޭދަތަކެއް ކުރަންވީ ވަގުތު ނޫން ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ ދުނިޔޭގެ މާލީ ކަންކަމާ ބެހޭ ބޮޑެތި ޖަމިއްޔާތަކުގެ ބަސް ބޮލާލާ ޖެހުމުގެ ނަތީޖާ ވަރަށް ހިތިވާނެ ކަމަށެވެ. އަދި ދިވެހި ރުފިޔާއަކީ، ފާހާނައިގެ ގެންގުޅޭ ޓީޝޫ ޕޭޕަރާއި ހަމައަށް ދަށްވެއްޖެނަމަ، މިއީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ހިންގާ ދައުލަތެއް ކަމަށާއި ދައުލަތުގެ ފައިސާ ނެތްއިރު، އަޅަން މިއުޅެނީ ކޮން ބްރިޖެއްތޯ ރައީސް ޔާމީން ސުވާލު އުފއްދެވިއެވެ. އަދި ބަޔަކު ބްރިޖު އެޅިއޭކިޔާފަ ބްރިޖު އަޅަންނުޖެހޭ ކަމަށާއި ބްރިޖެއް އެޅީތީ ބްރިޖެއް އަޅަންޔާ އެކަން ހަމަނުޖެހޭ ކަމަށް ޔާމީން ވިދާޅުވިއެވެ.
ހާމަނުކުރިއަސް،ތިއްބަސް،ހޮޔޮ،