- Advertisement -ad image

ރައްޔިތުންނަށް އެންމެ ދަތިވަނީ ބަނދަރުގެ ޖާގަ ކުޑަވީމަ: ނޫމަރާ ކައުންސިލް

ad image

ގުޅުންހުރި ލިޔުންތައް

އާބާދީ ކުޑަނަމަވެސް ރައްޔިޔުންނަށް އެންމެ ދަތިވާ މައްސަލައަކީ އެރަށުގެ ބަނދަރުގެ ޖާގައިގެ ދަތިކަމާއި ބަނދަރު ބޭނުންކުރުމުގައި ހުރި ދަތިތައް ކަމަށް ނޫމަރާ ކައުންސިލުން ހާމަކޮށްފިއެވެ. ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ރަށްޔިތުންނަށް ބޭނުންވެފައި ގިނަ ކަންތައްތަކެއް ހިއްސާކުރައްވަަފައެވެ. އެގޮތުން ރަށްގިރުމުގެ މައްސަލައާއި ސްކޫލާއި ޞިއްޙީ މަރުކަޒު ޖާގައިގެ ދަތިކަމާއި ވަޞީލަތުގެ ގޮތުން އެތަންތަނަށް ކުރިމަތިވާ ދަތިތަކާއި ކުނިމެނޭޖްކުރުމުގައި ހުރި ދަތިތަކާއި އަދި ރަށަށް އައު މިސްކިތެއްގެ މުހިމުކަން ކައުންސިލަރުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ނޫމަރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ވަނީ މާލީ ގޮތުން އެކޮމެޓީގެ މަސައްކަތްތައް ކުރިޔަށްގެންދިއުމުގައި ކުރިމަތިވާ ދަތިތައް ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެރަށުގެ ތަރައްޤީގެ މަސައްކަތްތައް ތަރުތީބުކުރުމުގައި އެންމެ އިސްކަން ދެއްވާނީ ބަނދަރު ބޭނުންކުރުމުގައި ކުރިމަތިވާ ދަތިތަކަށް ޙައްލެއް ހޯދައިދެއްވުމަށްކަމަށާއި އަދި ސަރުކާރުން އެކަން ގާތުން ބައްލަވަމުން ގެންދަވާނެކަމުގައި ވިދާޅުވިއެވެ.

spot_img

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ