ދޯންޏެއް އޮޔާދާތީ ސަމާލުވުމަށް އެމްއެންޑީއެފުން އެދިއްޖެއެވެ. އެގޮތުން ކ ފުށިދިއްގަރު ފަޅު ކައިރިން އިރުމައްޗަށް ވާގޮތަށް ދޯންޏެއްގެ ބައެއް އޮޔާދާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ވަނީ ލިބިފައި ކަމަށް ހާމަކުރެއެވެ.
އެހެންކަމުން ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން، ޚާއްޞަކޮށް ރޭގަނޑު ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.