- Advertisement -ad image

ހައްޖުވެރިންގެ ފުރަތަމަ ގުރޫޕު ފުރާނީ ޖޫން 26 ގައި

ad image

ގުޅުންހުރި ލިޔުންތައް

ރާއްޖެއިން މިއަހަރު ހައްދާ ފުރަތަމަ ގުރޫޕު ފުރުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 26 ގައި ކަމަށް ހައްޖު ކޯޕަރޭޝަނުން ހާމަކޮށްފިއެވެ. މިއަހަރު ރާއްޖެއިން ހައްޖުވެރިން ގެންދާނީ ހަމައެކަނި ހައްޖު ކޯޕަރޭޝަނުންނެވެ.

ސައުދީ އަރަބިއްޔާއިން މިއަހަރު ހައްޖަށް ގެންދިއުމަށް ރާއްޖެއަށް ދީފައިވަނީ 453 ކޯޓާއެވެ. މީގެތެރެއިން 100 ކޯޓާ ވަނީ އާއްމުންނަށް ހުޅުވާލައިފައެވެ. މި ކޯޓާތައް ލިބޭ ފަރާތްތަކުގެ ގުރުއަތު ނެގުން ބާއްވަން ހަމަޖެހިފައިވަނީ ހޯމަ ދުވަހުއެވެ.

މި އަހަރު ރާއްޖެއިން ޙައްޖަށް ވަޑައިގަންނަވާބޭފުޅުންގެ ކަންތައްތައް އިސްކޮށް ބެލެހެއްޓެވުމަށްޓަކައި، އަމީރުލްޙައްޖުގެ ގޮތުގައި ވަޑައިގަންނަވާ ބޭފުޅަކީ، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ހަމަޖައްސަވާފައެވެ.

ޙައްޖު އަދި އުމްރާގެ ޚިދުމަތް ހޯދުމާއިބެހޭ ޕޮލިސީގެ ދަށުން ޙައްޖަށް ދިއުމަށް ރަޖިސްޓްރީކޮށް، ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ތެރެއިން މިއަހަރުގެ (1443ހ.) ޙައްޖު ދަތުރުގައި ބައިވެރިވުމަށް ފުރުޞަތު ލިބިފައިވާ ފަރާތްތައް ޙައްޖަށް ގެންދިއުމަށް ކަނޑަޅާފައިވާ އަގަކީ ކުރީއަހަރުތަކުގައިވެސް ޙައްޖު ދަތުރަށް ކަނޑައެޅުނު އަގު ކަމުގައިވާ  69,965.00(ފަސްދޮޅަސް ނުވަހާސް ނުވަސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ) ހައްޖު ކޯޕަރޭޝަނުން ވަނީ ހާމަކޮަށްފައެވެ..

އަދި އާއްމުންނަށް ހުޅުވާލި 100 ކޯޓާއަށް ޙައްޖަށް މީހުން ގެންދިއުމަށް ކަނޑައެޅިފައިވާ އަގަކީ 76,960.00 (ހަތްދިހަ ހަހާސް ނުވަސަތޭކަ ފަސްދޮޅަސް ރުފިޔާ) ކަމަށް ހައްޖު ކޯޕަރޭޝަނުން ހާމަކުރެއެވެ.

spot_img

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ