Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ނޯތު ހާބަރުގެ ފީ ބޮޑުކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް އެމްޕީއެލް އިން ދޮގުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

މާލޭ ނޯތު ހާބަރު ބޭނުންކުރާ އުޅަނދުފަހަރުގެ އަތުން ނަގާ ފީ ބޮޑުކުރުމާ ގުޅޭގޮތުން ސަރުކާރާއެކު އެއްވެސް މަޝްވަރާއެއް ކުރަމުން ނުދާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު ބުނެފިއެވެ. އެ ކުންފުނިން މިކަން ހާމަކުރީ ނޯތު ހާބަރުގެ ފީތައް ބޮޑުކުރަން އުޅޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައާއި ސިޔާސީ ބައެއް ފަރާތްތަކުން ވާހަކަ ފަތުރަމުންދާ ދަނޑިވަޅެއްގައެވެ.

އެމްޕީއެލް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އުޅަނދުތަކުން ނަގާ ފީ ބޮޑުކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް، ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އަދި މިފަދަ ދޮގު މައުލޫމާތު ފެތުރުމަކީ އާންމުންގެ މެދުގައި ނުތަނަވަސްކަން އުފެދޭނެ ކަމެއް ކަމަށް ފާހަގަކޮށް، އެ ކުންފުނިން ވަނީ އެކަން ކުށްވެރިކޮށްފައެވެ.

އެމްޕީއެލް އިން އިތުރަށް ބުނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއާ އެކު، ނޯތު ހާބަރުގެ ހިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން “އޭ ޒޯން” ބޭނުންކުރާ އުޅަނދުތަކަށް ފެނާއި ކަރަންޓުގެ ހިދުމަތް ދިނުމަށް ކުރަންޖެހޭ ތައްޔާރީތައް މިހާރު ކުރިއަށްދާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ހާބަރުގެ ހިދުމަތްތައް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލަމުން އެމްޕީއެލް އިން ބުނީ، އުޅަނދުތަކަށް ޖާގަ ދިނުމުގެ އުސޫލަށް މި މަހު ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. މި ބަދަލާއެކު މުދާ އުފުލާ ބޯޓުފަހަރު ކިއުގައި މަޑުކުރަންޖެހޭ ވަގުތު ކުޑަވެ، ހިދުމަތް ހޯދުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން އުންމީދު ކުރެއެވެ.

މީގެ އިތުރުން، މަސްވެރި އުޅަނދުފަހަރަށް ހާއްސަކޮށްފައިވާ ޑީ ޒޯން”، “އީ ޒޯން” އަދި “އެފް ޒޯން” ބޭނުންކުރާ އެއްވެސް އުޅަނދަކުން މިހާރުވެސް އެއްވެސް ފީއެއް ނުނަގާނެ ކަމުގެ ޔަގީންކަން އެމްޕީއެލް އިން ވަނީ ދީފައެވެ. އެ ކުންފުނީގެ މައިގަނޑު އަމާޒަކީ އޮޑިދޯނިފަހަރަށް ވީހާވެސް ލުއި ފަސޭހަ ގޮތެއްގައި ހިދުމަތް ފޯރުކޮށްދިނުން ކަމަށްވެސް ބަޔާނުގައިވެއެވެ.

އާންމުންގެ މަސްލަހަތާ ގުޅުންހުރި މިފަދަ ކަންކަމުގައި ހަގީގަތާ ހިލާފު ވާހަކަ ނުފެތުރުމަށް އިލްތިމާސް ކުރަމުން، އެމްޕީއެލް އިން ވަނީ ކުންފުނީގެ ހިދުމަތްތައް އިތުރަށް ތަރައްގީކޮށް، ރައްޔިތުންނަށް ފަސޭހަވާނެ މަގުތައް ފަހިކޮށްދިނުމުގައި ދެމިއޮންނާނެ ކަމަށް ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ