ފްރެންޗް ނޭޝަނަލް ޕޮލިސްގެ އެލީޓް ޓެކްޓިކަލް ޔުނިޓެއް ކަމުގައިވާ ރިސަރޗް، އެސިސްޓަންޓް، އިންޓަރވެންޝަން، ޑިސުއޭޝަން (ރެއިޑް) ގެ ފަރާތުން ފުލުހުންނަށް ހާއްސަ އޮޕަރޭޝަން އެކްސަސައިޒެއް ކުރިއަށް ގެންގޮސްފިއެވެ.
ދ. ވާނީ އާއި މާލޭގައި ކުރިއަށް ގެންދިޔަ އެ އެކްސަސައިޒްގެ މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ ރެއިޑްގެ ދެ އެކްސްޕާޓުންނެވެ.
އެ އެކްސަސައިޒްގައި، އާމްޑް ޓެރަރިޒަމް ފޯސަސްއާ ދެކޮޅަށް މަސައްކަތްކުރުމަށް ބޭނުންވާ ޓެކްނިކަލް ޓްރެއިނިންގ އާއި އެފަދަ ފަރާތްތަކާ ދެކޮޅަށް އެޅިދާނެ އެހެނިހެން ފިޔަވަޅުތަކާ ގުޅޭގޮތުން އެކްސަސައިޒްތައް ކުރިއަށް ގެންގޮސްފައިވެއެވެ.
މެއި 30 އިން ޖޫން 2 އަށް ކުރިއަށް ގެންދިޔަ އެ އެކްސަސައިޒްގައި 27 ފުލުހުން ބައިވެރިވިއެވެ.