ދަރަނި އަދާކުރަން ދަރަނި ނަގަމުން ނަގަމުން ގޮސް ގައުމުގެ މިނިވަންކަމާއި ސިޔާދަތު އަތުން ދޫވާ ހިސާބަށް މިވަނީ ގޮސްފައި ކަމަށް ކެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ. މިއަދު ކުރެއްވި ޓުވީޓެއްގައި އަލީ ހުސެއިން ވިދާޅުވީ، މި ދަރަނީގެ ވިހަ ބުރުން މިންޖުވެއްޖެ ނަމަ ބޮޑެތި ގެއްލުންތަކާއި ރައްޔިތުން ކުރިމަތިލާންޖެހިދާނެ ކަމަށެވެ.
އެކަކު އަނެކަކަށް ބަހުގެ ހަމަލާ ދިނުމުގެ ބަދަލުގައި މައްސަލަ މަޖިލީހަށް ހުށަހަޅައިގެން ބަލައި ރައްޔިތުންނަށް ކަން އޮތްގޮތް ސަފުކޮށްދެއްވާން ވެއްޖެނު