އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ..
އަދި މި ތަކެއްޗަކީ ހޮވައިގެން ގެންގޮސްފައިވާ ތަކެތި ކަމަށް ފުލުހުން ހާމަކުރެއެވެ. އެގޮތުން ފުލުހުންގެ ބެލުމުގެދަށުގައި ހުރި ތަކެއްޗަކީ:
މާފަންނު ޕޮލިސް
މާރިޗު 22 ވަނަ ދުވަހު ފުލޫނިޔާމަގުން ހޮވައިގެން ގެެނެސްފައިވާ ވަކިރުފިޔާތަކެއް. އިންސިޑެންޓް ނަންބަރު 673764
މި ތަކެތީގެ ވެރިފަރާތުން 9660183 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރުމަށް ފުލުހުން
އެދެއެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވުމަށްވެސް ފުލުހުން އެދެއެވެ.
ގަލޮޅު ޕޮލިސް
މާރިޗު 6 ވަނަ ދުވަހު ހަލަވެލިގޯޅި ގ. ޝާރާޒްގެ ކައިރިން ފެނިފައިވާ ވެރިއަކުނެތް ދެ ކަރަންޓުކީސް. އިންސިޑެންޓް ނަންބަރު 677168
މާރިޗު 6 ވަނަ ދުވަހު ޝަބްނަމްމަގު ގ. ނަޔާގެ ގޯޅިތެރެއިން ފެނިފައިވާ ވެރިއަކުނެތް ލޮއެފަތިތަކެއް. އިންސިޑެންޓް ނަންބަރު 677155
މާރިޗު 9 ވަނަ ދުވަހު ލޮނުޒިޔާރަތްމަގު ވީބީމާޓް ކައިރިން ހޮވައިގެން ގެނެސްފައިވާ އައިފޯނެއް. އިންސިޑެންޓް ނަންބަރު 677539
މާރިޗު 9 ވަނަ ދުވަހު އަމީނީމަގު އެމްއައިބީ އޭޓީއެމް ކައިރިން ހޮވައިގެން ގެނެސްފައިވާ 4500 ރުފިޔާ. އިންސިޑެންޓް ނަންބަރު 677165
މާރިޗު 14 ވަނަ ދުވަހު ޓެކްސީއެއްގެ ތެރެއިން ހޮވައިގެން ގެނެސްފައިވާ ކުޑަކުއްޖެއްގެ ދަބަހެއް. އިންސިޑެންޓް ނަންބަރު 678068
މި ތަކެތީގެ ވެރިފަރާތުން 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރުމަށް
.ފުލުހުން އެދެއެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވުމަށްވެސް ފުލުހުން އެދެއެވެ



