އާއްމުންނަށް ހުޅުވާލި 100 ކޯޓާއަށް ޝަރުތު ހަމަވާ 315 މީހުންގެ ލިސްޓް ހައްޖު ކޯޕަރޭޝަނުން އާއްމުކޮށްފިއެވެ. އެގޮތުން މި 315 މީހުންގެ ތެރެއިން 100 ކޯޓާއަށް މީހުން ނަގާނީ ގުރުއަތުލައިގެންނެވެ. ހައްޖު ކޯޕަރޭޝަނުން ބުނީ ގުރުއަތުލުން ބާއްވާނީ މިއަދު ހަވީރު 16:00 ޖަހާއިރު ކަމަށެވެ.
ދިވެހިރާއްޖެއަށް ލިބިފައިވާ ކޯޓާގެ ތެރެއިން އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހައްޖުކޯޕަރޭޝަނާއި ހަވާލުކޮށްފައިވާ 100 ކޯޓާ އަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކުގެ ލިސްޓު އާއްމު ކުރީ އިއްޔެއެވެ.
ރަސްމީ ކޯޓާގެ ތެރެއިން 100 ކޯޓާ އާންމުންނަށް ހުޅުވާލައިގެން ޙައްޖަށް މީހުން ގެންދިއުމަށް ކަނޑައެޅިފައިވާ އަގަކީ 76,960.00 (ހަތްދިހަ ހަހާސް ނުވަސަތޭކަ ފަސްދޮޅަސް ރުފިޔާ) ކަމަށް ހައްޖު ކޯޕަރޭޝަނުން ހާމަކުރެއެވެ.
ރާއްޖެއިން ހައްޖުވެރިންގެ ފުރަތަމަ ގުރޫޕު ފުރާނީ މިމަހު 26 ގައެވެ.