Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ގިނަ މަޝްރޫއުތަކެއް ފަށަނީ

ad image

ގުޅުންހުރި ލިޔުންތައް

އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްތަކާއި ފިޓްނެސް ސެންޓަރުތައް ހިމެނޭހެން މުޅި ރާއްޖޭގެ ކުޅިވަރުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ގިނަ މަޝްރޫއުތަކެއްގެ މަސައްކަތް ކުރިޔަށްދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ޒުވާނުންނާއެކު ބޭއްވި “ކޮފީ ވިތް ރައީސް” އިވެންޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އާބާދީ ބޮޑު ސަރަހައްދުތަކަށް އަމާޒުކޮށްގެން ގިނަ ވަސީލަތްތަކެއް ގާއިމުކުރަމުންދާ ކަމަށެވެ.

މާލެ ސަރަހައްދުގެ މުހިންމު މަޝްރޫއުތައް

މާލެ ސަރަހައްދުގައި ކުރިއަށްދާ މަޝްރޫއުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އުސްފަސްގަނޑު ސަރަހައްދުގައި ތަރައްގީކުރާ ސްކޭޓް އެރީނާގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާ ކަމަށާއި، ވަރަށް އަވަހަށް އެތަން ހުޅުވާނެ ކަމަށެވެ. މީގެ އިތުރުން މާލޭގެ އިންޑަސްޓްރިއަލް ވިލެޖުގައި ބޯލިން އެރީނާއެއް އެޅުމުގެ އެއްބަސްވުމުގައި މިހާރު ސޮއިކޮށްފައިވާ ކަމަށްވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.

މިއަހަރުގެ ސެކަންޑް ކުއާޓާ ތެރޭގައި، ބޯލިން އެރީނާ، އާކޭޑް ސެންޓަރ އަދި އިންޑޯ ފުޓްސަލް އާއި އިންޑޯ ނެޓްބޯލް ކޮމްޕްލެކްސްގެ މަސައްކަތް، އަދި ޕްލޭޕާކްގެ މަސައްކަތްވެސް ވަރަށް އަވަކަށް ފެށޭނެކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ސަލްޓަން ޕާކުގައި ކުރިން ސްނޯޕާކް ހުރި ތަނުގައި އީ-ގޭމިން ސްޓޭޑިއަމެއް ބިނާކުރުމުގެ މަސައްކަތްވެސް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

އަތޮޅުތެރޭގެ ރަށްތަކަށް ކުޅިވަރުގެ ވަސީލަތްތައް

ރައީސް ވިދާޅުވި ގޮތުގައި މާލެ ސަރަހައްދުގެ އިތުރުން، އާބާދީގައި 3000 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ވިއްސަކަށް ރަށުގައި ސްޕޯޓްސް ކޮމްޕްލެކްސްތައް ގާއިމުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ފިޓްނަސް އެންޑް ރިކްރިއޭޝަނަލް ސެންޓަރުތައް ގާއިމުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.

މި މަޝްރޫއުތަކުގެ ބޭނުމަކީ ޒުވާނުންނާއި، ކުޑަކުދިން އަދި ދޮށީ އުމުރުގެ މީހުންނަކީ ނަފްސާނީ ގޮތުންނާއި ސިއްހީ ގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމެވެ. މި ތަސައްވަރުގެ ދަށުން ރާއްޖޭގައި މުޅިން އަލަށް ތައާރަފްކުރެވޭ ހިދުމަތްތަކާއެކު، ކުޅިވަރާއި މުނިފޫހިފިލުމުގެ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ