- Advertisement -ad image

ދަރިފުޅާއެކު ބައްޕަ ވަގުތު ހޭދަކުރަންޖެހެނީ މި ސަބަބާއި ހެދި!

ad image

ގުޅުންހުރި ލިޔުންތައް

ހެދިބޮޑުވަމުން އަންނަ ކޮންމެ ކުއްޖަކަށް ވެސް ދިރިއުޅުމުގެ އެހެން އަސާސީ ބޭނުންތަކެކޭ އެއްގޮތަށް ކުޅުމަށް ވަގުތުކޮޅެއް ލިބުމަކީ ނުހަނު މުހިއްމު ކަމެކެވެ. އުމުރުން 3 އަހަރުން ފެށިގެން ކުޅިވަރަށް ކުދިން އަމިއްލަ ނަފްސްވެސް ބާރު އަޅައެވެެ. އަދި މި ވަގުތުތަކަށް ހުދު މައިންބަފައިންވެސް ވަގުތު ހުސްކުރުމަކީ ނުހަނު މުހިއްމު ކަމެކެވެ.

ކުޅޭ ވަގުތުގައި ވެސް ކުއްޖާގެ ބައްޕަ އެކަމުަގައި ބައިވެރިވުމަކީ އޭގެ ސަބަބުން ކުއްޖާއަށް ނުހަނު ބޮޑަށް ފައިދާ ކުރާ ކަމެކެވެ. މިކަމަށް ހާއްަސަކޮސް ފާއިތުވި އަހަރުތަކުގައި ވަނީ ގިނަ ދިރާސާަތަކެއްވެސް ހަދާފަ އެވެ. މި ދިރާސާތަކުގައި އެކި ކަންކަމުން ކުއްޖާއަށް ނަފްސާނީ އަދި ޖިސްމާނީގޮތުން އަންނަ ބަދަލުތައް ގެނެސްދީފައި ވެއެވެ.

ކޮންމެ ބެލެނިވެރިއަކީ ވެސް ދަރިން ބެލުމުގައި ތަފާތު އުކުޅެއް ގެންގުޅޭނެ މީހެކެވެ. އެގޮތުން ބައްޕައިން ބޮޑަށް ޝާމިލްވެ އުޅެނީ ހަރަކާތްތެރި ކުޅިވަރުތަކުގަ އެވެ. ބޯޅަ ކުޅުން ދުވެ ހެދުން ފަދަ ކުޅިވަރުތަކުގައި ބައްޕައިންގެ ހިއްސާ ބޮޑެވެ.

ބައްޕައިންނާ އެކުގައި ކުޅޭ ގަޑިތަކުގައި ކުދިންގެ ފަރާތުން ވަރަށް ބޮޑަށް އެދެވޭ ނަތީޖާތައް ފެނެއެވެ. އެގޮތުން ކުދިން އަމިއްލަ ނަފްސް އޮންނަ އިތުބާރު ބޮޑުވެ، ކުއްޖާގެ އިހްސާސްތައް ބުނެދޭން ފަސޭހަ ވެއެވެ.

ކުދިންގެ ފުށުން މި ތަފާތު ފެންނަނީ އެ ކުޅޭ ކުޅިވަރަށް ކުދިންގެ ޝައުގުވެރިކަން އިތުރުވެ، އަމިއްލައަށް ކުއްޖާ ހަމަޖެހޭގޮތް ވުމުންނެވެ. މީގެއިތުރުންވެސް ކުދިންގެ ވާހަކަ ދެއްކުން ކުރިއެރުމާއި، މައްސަލަތައް ހައްލުކުރުމާއި، ކަންކަން ބަލާ ހޯދުން، ބައްޕަ އާއި ދެމެދު ގުޅުން ބަދަހިވުން، އާ ކަންކަން ކުރަން ދަސްވުން ހިމެނެ އެވެ.

އެހެންނަމަވެސް މިފަދަ ކުޅޭ ގަޑިތަކުގައި ކުދިންގެ ސަލާމަަތާއި ރައްކާތެރިކަން، އަދި އެއް ކުޅިވަރެއް މާ ގިނައިން ނުކުޅުވުން މުހިއްމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ