އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ބ. ކެންދޫގެ ހުރިހާ ގޮނޑިތަކެއް ވެރިކަން ކުރާ ޕީއެންސީން ކާމިޔާބުކުރި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ވަގުތީ ނަތީޖާ އިން ދައްކައިފިއެވެ.
އީސީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި ކެންދޫ ކައުންސިލްގެ ތިން ގޮނޑި ވެސް ނެގީ ޕީއެންސީންނެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ތިން ގޮނޑިއާއެކު ޖުމްލަ 6 ގޮނޑި ވެސް ނެގީ ޕީއެންސީންނެވެ.
ފެލިދޫ ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގަތީ އަހުމަދު ޝާނއެވެ. ކައުންސިލް މެމްބަރު ކަމަށް އިންތިހާބުވެވަޑައިގަތީ މުބާޝިރު އަބްދުއްރަހްމާން އާއި ނާއިލާ ނިޒާރެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގަތީ ނަޒީރާ އަހުމަދެވެ. އެ ކޮމިޓީގެ މެމްބަރު ކަމަށް އިންތިހާބުވެވަޑައިގަތީ ޤަމަރިއްޔަރު އަބޫބަކުރާއި ނަޒީރާ އަލީއެވެ.
ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ގިނަ ގޮނޑިތަކެއް ނެގީ ވެރިކަން ކުރާ ޕީއެންސީންނެވެ. އެކަމަކު، މާލެ ސިޓީ ހިމެނޭހެން ފަސް ސިޓީގެ މޭޔަރުކަމާއި ކައުންްސިލްގެ މެޖޯރިޓީ ނެގީ އެމްޑީޕީންނެވެ.




ދެންވެސް ބަލާތި ރަށަށް ކަމެއް ކޮށް ދެވޭތޯ އެހެންނޫނީ ބަރަވެލި ފޫޅަށް ވެދާނެ