އިއްޔެ ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ވ. ފުލިދޫގެ ދެ ގޮނޑި ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވަގުތީ ނަތީޖާ ދައްކާގޮތުން، ފުލިދޫ ކައުންސިލްގެ ރައީސްކަމަށް އިންތިހާބުވެފައިވަނީ ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު އީމާން އަހުމަދެވެ. މީގެއިތުރުން އެ ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ގޮނޑިތ ކާމިޔާބުކޮށްފައިވަނީ ޕީއެންސީގެ ކެންޑިޑޭޓު ކަމަށްވާ ނިޒާރާ ގާސިމެވެ.
މި އިންތިހާބުގެ ކުރިންވެސް ފުލިދޫގެ އެއްގޮނޑި ޕީއެންސީން ވަނީ އިންތިހާބަކާ ނުލައި ކާމިޔާބުކޮށްފައެވެ. އެއީ ފުލިދޫ ކައުންސިލްގެ މެންބަރުކަމުގެ ގޮޑިއަށް ހުސައިން ޝަބީންއެވެ.
އިއްޔެ ބޭއްވުނު ވޯޓުގެ ނަތީޖާއާއެކު، ފުލިދޫގެ 3 ގޮނޑި މިހާރު ވަނީ ޕީއެންސީން ކާމިޔާބުކޮށްފައެވެ.
މިފަހަރު ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުތަކުގައި ވެރިކަން ކުރާ ޕީއެންސީން ވަނީ ގިނަ ގޮނޑިތަކެއް ކާމިޔާބުކޮށް ބޮޑު ކުރިއެރުމެއް ހޯދާފައެވެ.



