- Advertisement -ad image

އައްޑޫގައި ޒުވާނަކު މަރާލި މައްސަލާގައި އަނެއްކާވެސް އިތުރު މީހަކު ހައްޔަރުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

އައްޑޫ ސިޓީ ފޭދޫގައި މިމަހުގެ ދެ ވަނަ ދުވަހު ހިނގި މާރާމާރީ އާއި ގުޅިގެން އިތުރު މީހަކު މިރޭވެސް ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ ފޭދޫ މާރާމާރީ އާއި ގުޅިގެން މިރޭ 15 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ކޯޓު އަމަުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މިމައްސަލަ އާއި ގުޅިގެން ރޭ ހައްޔަރު ކުރި 16 އަހަރުގެ ކުއްޖާގެ ބަންދަށް 10 ދުވަސް ކޯޓުން މިއަދު ވަނީ ޖަހާދީފައި ކަމަށެވެ.

އަދި ރަށުގެ އަމާންނަގާލަން އުޅުނު ކަމުގެ ތުހުމަތުގައި ރޭ ހައްޔަރު ކުރި 18 އަހަރުގެ ދެމީހުންނާއި 29 އަހަރުގެ މީހާގެ ބަންދަށް ވަނީ 5 ދުވަސް ދީފައި ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.

ފޭދޫގައި ހިނގި މި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ޒުވާނާ ވަނީ ފަރުވާ ދެމުންދަނިކޮށް ނިޔާވެފައެވެ. ފުލުހުން އޭރު ބުނީ ފޭދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލި ކަމުގެ މައުލޫމާތު އެރޭގެ 3:10 ގައި އެހާކަންހާއިރު ފުލުހުންނަށް ލިބުނު ކަމަށެވެ. އަދި މިމާރާމާރީގައި ޒަހަމްވެ ފަރުވާދެމުން ދަނިކޮށް ނިޔާވެފައި ވަނީ 21 އަހަރުގެ ފިރިހެނެއް ކަމަށެވެ. 

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ