ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގެ ރީތިގަސް ކޮމާޝަލް އިމާރާތުން ސެލޫނެއް ހިންގުމަށް ޔުނިޓެއް ކުއްޔަށް ދޫކުރުމަށް ނިންމައި، އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
މި މަޝްރޫއުގެ ދަށުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ރީތިގަސް ކޮމާޝަލްގެ RGR03-1-04 ނަންބަރު ޔުނިޓެވެ. މި ޔުނިޓުގެ ބޮޑުމިނަކީ 1,463.14 އަކަފޫޓެވެ. އެޗްޑީސީން ބުނި ގޮތުގައި މި ފުރުސަތަކީ އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާ މުހިންމު ހިދުމަތްތައް ފޯރުކޮށްދިނުމަށް ހުޅުވާލެވުނު ފުރުސަތެކެވެ.
ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 6 މޭ 2026 ވާ ބުދަ ދުވަހުގެ 14:00 އެވެ. ޕްރޮޕޯސަލް ހުށަހަޅާއިރު، އުސޫލުގައިވާ ގޮތުގެ މަތިން ބިޑް ސެކިއުރިޓީ ހުށަހަޅަން ޖެހޭނެ ކަމަށްވެސް އެ ކޯޕަރޭޝަނުން މައުލޫމާތު ދެއެވެ.
މި މަޝްރޫއާ ގުޅޭ ރިކުއެސްޓް ފޯ ޕްރޮޕޯސަލް (އާރްއެފްޕީ) ލިޔެކިޔުންތައް އެޗްޑީސީގެ ރަސްމީ ވެބްސައިޓް ކަމަށްވާ www.hdc.mv އަދި properties.hdc.mv އިން ހިލޭ ޑައުންލޯޑް ކުރެވޭނެކަމަށް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީން ވަނީ ޕްރޮޕޯސަލް ހުށަހެޅުމުގެ ކުރިން ވެބްސައިޓަށް އަޕްލޯޑް ކުރެވޭ އެންމެ ފަހުގެ މައުލޫމާތުތައް ޗެކް ކުރުމަށްވެސް އިލްތިމާސްކޮށްފައެވެ.



