މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބޯޑު މެންބަރުކަމުގެ މަޤާމަށާއި، އެ ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސަރު (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހުސައިން ޝަފީގް އައްޔަންކުރައްވައިފިއެވެ.
ޕީސީބީން ބުނެފައިވާ ގޮތުގައި މި ބަދަލަކީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، ކުރިއަށް ހުރި މަޝްރޫޢުތައް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ގެނެވުނު ބަދަލެކެވެ.
ކަނޑުދަތުރުފަތުރު މެނޭޖުކޮށްް ބެލެހެއްޓުމުގެ ދާއިރާއިން 35 އަހަރުގެ ތަޖުރިބާ ހާސިލުކުރައްވާފައިވާ ޝަފީޤްއަކީ މާސްޓާ މެރިނާއެކެވެ. އޭނާއަކީ ރާއްޖޭގެ އެންމެ ބޮޑު ޑްރެޖަރު ކަމުގައިވާ މަހަޖައްރާފުގެ ފުރަތަމަ ދިވެހި ކެޕްޓަނެވެ. އަދި ގިނަ ދުވަސްތަކެއް ވަންދެން ކަނޑު އުޅަނދުފަހަރާއި ފުލީޓުތަކުގެ އިސް ކެޕްޓަނުގެ މަގާމު އަދާކުރައްވައި އެ ދާއިރާގެ ފުރިހަމަ ތަޖުރިބާ ހާސިލުކުރައްވާފައިވެއެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގެ ޗީފް އެގްޒެކްޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރު މަޤާމަށް، ޙުސެއިން ޝަފީޤް އައްޔަނުކޮށްފައިމިވަނީ އެމަގާމުގައި ކުރިން ހުންނެވި މުޙައްމަދު ރިޝްވާން އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ. އޭނާ މަޤާމުން އިސްތިއުފާ ދެއްވާފައިވަނީ މިމަހުގެ 6ވަނަ ދުވަހުގައެވެ.



