Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ވަޒީފާގެ މާހައުލުގައި ޖިންސީ ފުރައްސާރަ ހުއްޓުވުން ހަރުދަނާކުރުމަށް ޤާނޫނަށް އިސްލާހުތަކެއް ހުށަހަޅައިފި

ad image

ގުޅުންހުރި ލިޔުންތައް

ވަޒީފާގެ މާހައުލުގައި ޖިންސީ ފުރައްސާރަކުރުމާއި ގޯނާ ކުރުން ހުއްޓުވުން ހަރުދަނާކުރުމަށްޓަކައި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން މުހިންމު އިސްލާހުތަކެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. މި ބިލު މަޖިލީހަށް ހުށަހަޅުއްވައިދެއްވީ ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފެވެ.

މި އިސްލާހުތަކުގެ މައިގަނޑު މަގްސަދަކީ ވަޒީފާ އަދާކުރާ ތަންތަނުގައި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމެވެ. މިގޮތުން ވަޒީފާދޭ ފަރާތްތަކާއި، ޤާނޫނުގެ ދަށުން އުފައްދާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީތަކުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް މި ބިލުގައި ވަނީ އިތުރަށް ތަފްސީލުކޮށްފައެވެ.

ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ވަޒީފާގެ މާހައުލުގައި ޖިންސީ ފުރައްސާރަކުރުމުގެ އަމަލުގެ ޝިކާރައަކަށްވާ ފަރާތްތަކުގެ ޙައްގުތައް ރައްކާތެރިކުރުމަށްޓަކައި، ކޮމިޓީން ޝަކުވާތައް ބެލުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތައް ވަނީ އިތުރަށް ހަރުދަނާކޮށްފައެވެ. އަދި ފުރައްސާރައިގެ އަމަލު ހިންގީ ހަމައެކަނި ވަޒީފާ އަދާކުރާ ތަނުގައި ނުވަތަ ރަސްމީ ގަޑީގައި ކަމަށްވާން ނުޖެހޭނެ ކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ވަޒީފާދޭ ކޮންމެ ފަރާތަކުންވެސް މިފަދަ ކަންކަމަށް ޚާއްސަ ސިޔާސަތެއް އެކުލަވާލައި، މުވައްޒަފުން ހޭލުންތެރިކުރުވުމާއި ތަމްރީން ދިނުމަކީ ލާޒިމް ކަމެއްގެ ގޮތުގައި ވަނީ ހިމަނާފައެވެ. މީގެ އިތުރުން، ޤާނޫނުގެ ދަށުން އެކުލަވާލާ ކޮމިޓީތަކުގެ މަޢުލޫމާތު މިހާރު އަންގަންޖެހޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ބަދަލުގައި، ދެން އަންގަންޖެހޭނީ ހިޔުމަންރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ކޮމިޓީ އެކުލަވާލުމުގައި މިހާރު ޤާނޫނުގައި އޮންނަ އުސޫލަށްވެސް ވަނީ ބަދަލުތަކެއް ހުށަހަޅާފައެވެ. އެގޮތުން މަދުވެގެން 3 މެންބަރުން ހިމެނޭހެން އޮނަހިރި އަދަދަކަށް މެންބަރުން އައްޔަންކުރަންޖެހޭއިރު، ކޮމިޓީގައި ދެ ޖިންސުގެ މެންބަރުން ހިމެނުމަށް ވަނީ ލާޒިމްކޮށްފައެވެ. މައްސަލަ ބަލައި ނިންމުމަށް ކޮމިޓީއަށް 60 ދުވަހުގެ މުއްދަތެއް ލިބޭއިރު، ބޭނުންވެއްޖެ ނަމަ އިތުރު 30 ދުވަސް އިތުރުކުރެވޭނެއެވެ.

މައްސަލަ ބަލާ މުއްދަތުގައި ޝަކުވާ ރައްދުވާ ފަރާތް މުސާރަ ހިނގާގޮތަށް ސަސްޕެންޑު ކުރުމުގެ ފުރުސަތުވެސް މި އިސްލާހުގެ ދަށުން ލިބިގެންދާނެއެވެ. ސަރުކާރުން ބަޔާންކުރާ ގޮތުގައި މި ބަދަލުތަކުގެ ސަބަބުން ޤާނޫނު ތަންފީޒުކުރުމުގައި ދިމާވާ ދަތިތަކަށް ހައްލު ލިބި، ވަޒީފާގެ މާހައުލަކީ ރައްކާތެރި ތަނަކަށް ވެގެންދާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ