ވިލިމާލެ ހޮސްޕިޓަލުގައި ތުއްތު ކުދިންނަށް ވެކްސިން ޖަހަން މިއަދު އަލުން ފަށާނެ ކަމަށް އައިޖީއެމް ހޮސްޕިޓަލުން ހާމަކޮށްފިއެވެ. އެގޮތުން އެ ހޮސްޕިޓަލުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ވިލިމާލެ ހޮސްޕިޓަލުގައި މުއްދަތު ހަމަވެފައިހުރި ވެކްސިންތަކެއް ތުއްތު ކުދިންގެ ގަޔަށް ޖަހާފައިވާ މައްސަލައާ ގުޅިގެން ވިލުމާލެ ހޮސްޕިޓަލުން ވެކްސިން ޖެހުން ވަގުތީ ގޮތުން ހުއްޓާލާފައިވާތީ، މިކަމުގެ ސަބަބުން މި ހިދުމަތް ހޯދާ ފަރާތްތަކަށް ދިމާވި ދަތިތަކަށް މާފަށް އެދޭ ކަމަށެވެ.
އަދި އެ މައްސަލަ ތަހުގަީގުކޮށް އެފަދަ ކަމެއް ކުރިމަގުގައި ތަކުރާރުވިޔަ ނުދިނުމަށްޓަކައު އަޅަންޖެހޭ ފިތަވަޅުތައްވެސް ވަނީ އަޅާފައި ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. ވެކްސިންޖެހުމުގެ ކަންތައް ހަރުދަނާ ކުރުމުގެ ގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ އިރުޝާދުގެ ދަށުން އައިޖީއެމްއެޗްގެ ބެލުމުގެ ދަށުން މިއަދުން ފެށިގެން ވެކްސިން ދޭން ފަށާނެ ކަމަށްވެސް ބުނެފައިވެއެވެ.