Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ހަމަހަމަކަން ގާއިމުކުރުމަށް ބީއެމްއެލްއިން މުހިއްމު ފިޔަވަޅުތަކެއް އަޅަނީ

ad image

ގުޅުންހުރި ލިޔުންތައް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބޭރު ފައިސާ ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކޮށް، ކަސްޓަމަރުންގެ މެދުގައި ހަމަހަމަކަން ގާއިމުކުރުމަށްޓަކައި މުހިއްމު ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވީ، ބޭންކަށް ލިބޭ ޑޮލަރަށްވުރެ ކާޑުތަކާއި އެހެނިހެން ހިދުމަތްތަކަށް ބޭންކުން ވިއްކާ ޑޮލަރުގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. މި އަހަރުގެ މިހާތަނަށް ޓީޓީ ހެދުމަށް 136 މިލިއަން ޑޮލަރު އަދި ކާޑު މުއާމަލާތްތަކަށް 160 މިލިއަން ޑޮލަރު ދޫކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ބަދަލުތަކުގެ ދަށުން، ރާއްޖެއިން ބޭރުގެ އޭޓީއެމް އަދި ޕީއޯއެސް މެޝިންތަކުގައި ބީއެމްއެލްގެ ކާޑުތައް ބޭނުންކުރެވޭނީ ކާޑުގެ ވެރިފަރާތް ރާއްޖެއިން ބޭރުގައި ހުންނަ ހާލަތްތަކުގައި އެކަނި ކަމަށް ބޭންކުން ވަނީ ނިންމާފައެވެ. މިއީ އިމިގްރޭޝަނާ ގުޅިގެން ގާއިމުކުރާ ޑިޖިޓަލް އިންޓަގްރޭޝަނެއްގެ ތެރެއިން ކަށަވަރުކުރާނެ ކަމެކެވެ. ޝަރީފު ވިދާޅުވި ގޮތުގައި، ޕީއޯއެސް އަދި އޭޓީއެމްތަކުގައި ބޭނުންކުރެވޭ ފޮރިން ސްޕެންޑް ލިމިޓު ހަމައެކަަނި ރާއްޖެއިން ބޭރުގައި އެކްޓިވްވާ ގޮތަށް ހަމަޖެއްސުމުން، ރާއްޖޭގައި ހުރެގެން ބޭރުގެ މެޝިންތަކުން މުއާމަލާތެއް ނުކުރެވޭނެ އެވެ. ނަމަވެސް، ރާއްޖެއިން ބޭރުގައި ކިޔަވާ 18 އަހަރު ނުފުރޭ ކުދިންނަށް ހާއްސަ ސްޓޫޑެންޓް ކާޑެއް ދޫކުރެވެންދެން ބެލެނިވެރިޔާގެ ކާޑު ބޭނުންކުރުމުގެ ފުރުސަތު އޮންނާނެއެވެ.

އޮންލައިންކޮށް ވިޔަފާރިކުރާ ފަރާތްތަކަށް އަމާޒުކޮށްވެސް ބޭންކުން ވަނީ އުސޫލުތަކެއް ކަނޑައަޅާފައެވެ. އެގޮތުން، އީކޮމާސް ވެބްސައިޓުތަކުން މަހެއްގެ މައްޗަށް ކަސްޓަމަރަކަށް ކުރެވޭނީ ގިނަވެގެން 30 މުއާމަލާތް ކަމަށް ވަނީ ހަމަޖައްސާފައެވެ. ބޭންކުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މަހަކު 30 އަށްވުރެ ގިނަ މުއާމަލާތް ކުރަނީ ކަސްޓަމަރުންގެ އެންމެ ތިން އިންސައްތަ މީހުންނެވެ. މި ފިޔަވަޅަކީ ވިޔަފާރީގެ ބޭނުމަށް އަމިއްލަ ރުފިޔާ ކާޑުތައް ބޭނުންކޮށްގެން ގިނަ އަދަދެއްގެ ބޭރު ފައިސާ ބޭރުވުން ހުއްޓުވައި، އާންމު ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ޑޮލަރު އިތުރުކުރުމަށް އެޅި ފިޔަވަޅެކެވެ.

މީގެ އިތުރުން، ޑޮލަރު އެކައުންޓުތަކަށް ދޫކޮށްފައިވާ ކާޑުތަކުން ކުރާ ހޭދައަށް އެއްވެސް ލިމިޓެއް ނޯންނާނެ ކަމަށް ބޭންކުން ބުނެއެވެ. އަދި ކަސްޓަމަރުންނަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން، އެކަކު އަތުގައި ގިނަ ކްރެޑިޓް ކާޑުތަކެއް އޮތް ނަމަވެސް، މިއަދުން ފެށިގެން ފީ ނަގާނީ އެންމެ ކާޑަކުން ކަމަށްވެސް ބީއެމްއެލްއިން ވަނީ ނިންމާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ