Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

މައުމޫން ފައުންޑޭޝަންގެ ފަރާތުން ދިވެހިބަހުގެ އެކެޑަމީއަށް “މައުމޫން ފޮންޓް” ހަދިޔާކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

މައުމޫން ފައުންޑޭޝަންގެ ފަރާތުން ދިވެހިބަހުގެ އެކެޑަމީއަށް “މައުމޫން ފޮންޓް” މިއަދު ރަސްމީކޮށް ހަދިޔާކުރައްވައިފިއެވެ. ދިވެހި ލިޔުންތެރިކަމާއި ބަހުގެ މުއްސަނދިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން މި ފޮންޓް ހަދިޔާކުރެއްވީ އެކެޑަމީގައި މިއަދު ބޭއްވި ޚާއްޞަ ބައްދަލުވުމެއްގައެވެ.

މައުމޫން ފައުންޑޭޝަންގެ ފަރާތުން މި ފޮންޓު ހަދިޔާކުރެއްވީ އެ ފައުންޑޭޝަންގެ ވައިސް ޗެއާމަން އަލްފާޟިލް އަޙްމަދު ފާރިސް މައުމޫނެވެ. ދިވެހިބަހުގެ އެކެޑަމީގެ ފަރާތުން މި ފޮންޓާ ހަވާލުވެވަޑައިގަތީ އެކެޑަމީގެ ރައީސް އަލްފާޟިލް ޙަސަން ޝާކިރު މުޙައްމަދެވެ. މި ފޮންޓަކީ އެކެޑަމީގެ ތަފާތު ލިޔުންތަކާއި އަދަބީ ހަރަކާތްތަކުގައި ބޭނުންކުރުމަށް ޚާއްޞަކޮށް ހަދިޔާކުރެއްވި ފޮންޓެކެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފާރިސް މައުމޫން ވިދާޅުވީ، ދިވެހިބަހާއި ތާރީޚް ރައްކާތެރިކުރުމުގައި ޒަމާނީ ވަސީލަތްތައް ބޭނުންކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މި ފޮންޓް އެކެޑަމީއަށް ހަދިޔާކުރުމުގެ އެންމެ މުހިންމު މަގުސަދަކީ އެކެޑަމީން ނެރޭ ގިނަގުނަ ފޮތްތަކާއި ތަކެތީގައި މި ފޮންޓް ބޭނުންކުރެވި، ގިނަ ބަޔަކަށް މި ފޮންޓް ފެނިގެންދިއުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެކެޑަމީގެ ރައީސް ޙަސަން ޝާކިރު މުޙައްމަދު ވަނީ ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމް ދިވެހިބަހަށާއި އަދަބިއްޔާތަށް ކުރައްވާ އަގުހުރި ޚިދުމަތްތައް ފާހަގަކުރައްވާފައެވެ. “ރައީސް މައުމޫންގެ މިފަދަ ރީތި މަސައްކަތްޕުޅެއް ދިވެހިބަހުގެ އެކެޑަމީގެ ކަންކަމުގައި ބޭނުންކުރައްވަން ލިބިވަޑައިގަތުމަކީ ވަރަށް ބޮޑު ޝަރަފެއް،” ޝާކިރު ވިދާޅުވިއެވެ. އަދި މައުމޫން ފައުންޑޭޝަނުން އެދޭ ކަންކަމުގައި އެކެޑަމީގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ވެސް އޭނާ އެރުވިއެވެ.

“މައުމޫން ފޮންޓް” އަކީ ރައީސް މައުމޫންގެ އަތްޕުޅުގެ ލިޔުއްވުން ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި، މައުމޫން ފައުންޑޭޝަނާއި އެންކްރިއާ ސްޓޫޑިއޯގެ ދިވެހި ޓައިޕް ގުޅިގެން ތައްޔާރުކުރި ފޮންޓެކެވެ. މި ފޮންޓް އާންމުކޮށްފައިވަނީ 2025 ވަނަ އަހަރުގެ ބައިނަލްއަގުވާމީ މާދަރީބަހުގެ ދުވަހުއެވެ. މި ފޮންޓަކީ އާންމު ފަރުދުންނަށް އަމިއްލަ ބޭނުންތަކަށް ހިލޭ ބޭނުންކުރެވޭނެ ފޮންޓެއް ނަމަވެސް، ވިޔަފާރި އުސޫލުން ބޭނުންކުރާ ފަރާތްތަކުން މި ފޮންޓް ގަންނަން ޖެހެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ