ގުޅީފަޅު ނެރާ ދިމާލުން ބޭރުގައި އޮތް “އޮގްޒޮން ކެރިއަރ 2” ނަމަކަށްކިޔާ ދޯންޏެއްގައި މިއަދު މެންދުރުފަހު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މި ހާދިސާގެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުގެ ސިފައިން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވާން ފަށާފައެވެ.
ފުލުހުން ވިދާޅުވި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަދު 13:30 ހާއިރެވެ. އަދި މި ހާދިސާގެ މައުލޫމާތު ލިބުމާއެކު މެރިން ޕޮލިސް އިން ވެސް ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ.
ދޯނީގައި ރޯވި އަލިފާން މިހާރު ވަނީ އެފްއެސްއެމްގެ އުޅަނދެއްގެ އެހީތެރިކަމާއެކު ނިއްވާލެވިފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.



