Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

އިންޓަޕޯލްގެ ބައިނަލްއަޤުވާމީ ލީޑަރޝިޕް ޕްރޮގްރާމެއް ދިވެހި ފުލުހަކު ފުރިހަމަކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

އިންޓަޕޯލުން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ތަންފީޒީ އިދާރާތަކުގެ އިސް އޮފިސަރުންނަށް އަމާޒުކޮށްގެން ހިންގި 7 މަސް ދުވަހުގެ ޚާއްސަ ލީޑަރޝިޕް ޕްރޮގްރާމެއް ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮފިސަރަކު ފުރިހަމަކޮށްފިއެވެ. ސިންގަޕޫރުގައި ކުރިއަށްދިޔަ މި ޕްރޮގްރާމް ފުރިހަމަކޮށް ދަސްވެނިވެފައިވަނީ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙަސަން ސަޢީދު އެވެ. މިއީ އިންޓަޕޯލް އެގްޒެކެޓިވް ލީޑަރޝިޕް ޕްރޮގްރާމް (އައި.އީ.އެލ.ޕީ) އިންޓަޕޯލުން ހިންގި ފުރަތަމަ ފަހަރެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމަކީ އިސް އޮފިޝަލުންގެ އިސްތިރާޖީ ލީޑަރޝިޕް ހުނަރުތައް ތަރައްޤީކުރުމަށާއި، ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރުމަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހި ސިންގަޕޫރުގައި ހުންނަ އިންޓަޕޯލް ގްލޯބަލް ކޮމްޕްލެކްސްގައި ކުރިއަށް ގެންދިޔައިރު، ދެވަނަ ފިޔަވަހި ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންކޮށެވެ. އަދި ފަހު ފިޔަވަހި ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 4 އިން 8 އަށެވެ.

މި ޕްރޮގްރާމްގެ ތެރެއިން ބައިވެރިން ވަނީ ބައިނަލްއަޤުވާމީ ފުލުހުންގެ ލީޑަރޝިޕާއި، ޑިޖިޓަލް ޓްރާންސްފޯމޭޝަން އަދި ޕޮލިސިންގ ޑިޕްލޮމަސީ ފަދަ މުހިންމު ދާއިރާތަކުން ކެޕްސްޓޯން ޕްރޮޖެކްޓެއް ފުރިހަމަކޮށްފައެވެ. ޖުމްލަ 20 ޤައުމަކުން 24 ސީނިއަރ އޮފިސަރުން ބައިވެރިވި މި ޕްރޮގްރާމްގެ ފަހު ސެމިނަރގައި، ދިރާސީ ހޯދުންތައް މުއައްސަސާތަކުގައި އަމަލީގޮތުން ތަންފީޒުކުރާނެ ގޮތްތަކާ މެދު ބައިވެރިން ވަނީ ފުޅާދާއިރާއެއްގައި މަޝްވަރާކޮށް ޚިޔާލު ބަދަލުކޮށްފައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މުއައްސަސާގެ ޤާބިލުކަން އިތުރުކުރުމަށާއި ބައިނަލްއަޤުވާމީ މައިދާނުގައި ފަންނީ ގުޅުންތައް ބަދަހިކުރުމަށް ފުލުހުން ޚާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ. މިފަދަ މަތީ ފަންތީގެ ތަމްރީނުތަކުގެ ސަބަބުން ޒަމާނީ ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތަކާ ކުރިމަތިލުމުގެ ޤާބިލުކަން އިތުރުވެ، ދިވެހި ފުލުހުންގެ ޚިދުމަތް ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ތަރައްޤީކުރުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް އެ މުއައްސަސާއިން ފާހަގަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ