ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އިރުތިޝާމް އާދަމް، އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާނަލް އެފެއާޒް ޑޮކްޓަރ އެސް. ޖައިޝަންކަރު އާ މިއަދު ނިއުދިއްލީގައި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން ބޭއްވުނީ އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްގައެވެ.
މި ބައްދަލުވުމުގައި ދެ ޤައުމުގެ މިނިސްޓަރުން ވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮންނަ ޒަމާންވީ ގާތް ގުޅުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ. ފޮރިން މިނިސްޓްރީން މަޢުލޫމާތު ދޭ ގޮތުގައި، ދިވެހިރާއްޖޭގެ ތަރައްޤީގައި އިންޑިއާއިން އަދާކުރާ މުހިންމު ދައުރު މި ބައްދަލުވުމުގައި މިނިސްޓަރު އިރުތިޝާމް ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން، އިޤްތިސާދީ ރޮނގުން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރެވޭނެ ގޮތްތަކާ ބެހޭގޮތުންވެސް ދެ ބޭފުޅުން ވަނީ ޚިޔާލު ބަދަލުކުރައްވާފައެވެ. މިއީ އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރުގެ ދަޢުވަތަކަށް މިނިސްޓަރ އިރުތިޝާމް އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.



