މިއަހަރުގެ އަޟްޙާ އީދު ބަންދުގެ ދުވަސްތަކުގެ ތެރެއިން ބޭންކުތައް ހުޅުވާފައި ހުންނާނީ މި ހިނގާ ޖޫން މަހުގެ 28 ވާ ބުދަ ދުވަހު އެކަނި ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފިއެވެ.
އެމްއެމްއޭއިން ވިދާޅުވީ، އީދު ބަންދާ ގުޅިގެން މިމަހުގެ 24 އިން 30 އަށް ސަރުކާރު ބަންދުވި ނަމަވެސް، އާންމުންނަށް ބޭންކިންގް ޚިދުމަތް ދިނުމަށްޓަކައި 28 ޖޫން ވާ ބުދަ ދުވަހުގެ ހެނދުނު 8:30 އިން މެންދުރުފަހު 2:00 އަށް ބޭންކުތައް ހުޅުވާފައި ހުންނާނެ ކަމަށެވެ.
ނަމަވެސް، އެ ދުވަހު އާންމުންނަށް ވަކިލާރިއާއި ނަގުދު ފައިސާ ދޫކުރުމުގެ ޚިދުމަތް ނުލިބޭނެ ކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ. އެހެންކަމުން، އީދު ބަންދު ތެރޭގައި ބޭނުންވާނެ ކަމަށް ލަފާކުރެވޭ ވަކިލާރިއާއި ނަގުދު ފައިސާ، މި ހިނގާ ހަފުތާގެ ތެރޭގައި ހޯއްދެވުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.
މިއަހަރުގެ ހައްޖު ދުވަހަކީ މިމަހުގެ 26 ވަނަ ދުވަހެވެ.



