އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ބ. ދަރަވަންދޫ ޕޮލިސް ސްޓޭޝަނުގައި ރައްކާކޮށްފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ މި މަހުގެ 20 ވަނަ ދުވަހު ނައްތާލައިފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި ފަހަރު ނައްތާލާފައިވަނީ 274 ފުޅި ބަނގުރަލާއި 198 ބަނގުރާ ދަޅެވެ. މި ތަކެއްޗަކީ 2024 ނޮވެމްބަރު 6 އިން ފެށިގެން ދަރަވަންދޫ އެއާޕޯޓުން ފުރަން ދިޔަ ފަތުރުވެރިންގެ އަތުން ހިފަހައްޓައި، ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗެވެ.
މި ތަކެތި ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުންނެވެ. މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އެކަމަށްޓަކައި ހާއްސަކޮށް އެކުލަވައިލި ކޮމިޓީއެއްގެ ބެލުމުގެ ދަށުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.



