Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

އީދު ބަންދާ ދިމާކޮށް ކަނޑު އުޅަނދުފަހަރުގެ ސަލާމަތީ ކަންކަން ބެލުމަށް ކޯސްޓްގާޑުން ހާއްސަ އޮޕަރޭޝަނެއް ފަށައިފި

ad image

ގުޅުންހުރި ލިޔުންތައް

އަލްހާ އީދު ބަންދާ ދިމާކޮށް ގިނަ އަދަދެއްގެ ބަޔަކު ކަނޑުމަގުން ރަށްރަށަށް ދަތުރުކުރަމުންދާތީ، އުޅަނދުފަހަރުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން މުޅި ރާއްޖޭގައި ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

ޓީވީއެމްގެ “ހެނދުނުހެނދުނާ” ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ކޯސްޓްގާޑުގެ ސްކޮޑްރަން ކަމާންޑާ، ލެފްޓިނެންޓް ކާނަލް އަހުމަދު ފައިޒާން ވިދާޅުވީ، ރާއްޖޭގެ އެންމެ އުތުރުން ފެށިގެން އެންމެ ދެކުނާ ހަމައަށް ކުރިއަށްގެންދާ މި އޮޕަރޭޝަންގައި ވީހާވެސް ގިނަ އުޅަނދުތަކެއް ބަލައި ފާސްކުރުމަށް ގިނަ އަދަދެއްގެ ސިފައިންނާއި އުޅަނދުފަހަރު އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މި އޮޕަރޭޝަންގެ ދަށުން މައިގަނޑު ގޮތެއްގައި ބަލަމުންދަނީ އުޅަނދުފަހަރުގައި ހުންނަންޖެހޭ ފުރާނަ ސަލާމަތްކުރާ ވަސީލަތްތައް ހަމައަށް ހުރިތޯއާއި، އެ ތަކެތީގެ މުއްދަތު ހަމަވެފައިވޭތޯއެވެ. ލެފްޓިނެންޓް ކާނަލް ފައިޒާން ފާހަގަކުރެއްވި ގޮތުގައި، މި ދުވަސްވަރަކީ މުޅި ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރަކަށް ވާތީ، ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މިފަދަ ފިޔަވަޅުތައް އެޅުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. އެހެންކަމުން ކޮންމެ ދަތުރެއްގައިވެސް ލައިފްޖެކެޓް ބޭނުންކުރުމަށް އެމްއެންޑީއެފްއިން ވަނީ ހަނދާންކޮށްދީފައެވެ.

މީގެ އިތުރުން، އީދު ޗުއްޓީގެ ތެރޭގައި މޫދު ކުޅިވަރުތަކުގައި ބައިވެރިވާއިރު ސަލާމަތީ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފްއިން ވަނީ އިލްތިމާސްކޮށްފައެވެ. ވަކިން ހާއްސަކޮށް ކުޑަކުދިންނާއެކު މޫދަށްދާ ފަރާތްތަކުން އެކުދިންގެ ކަންކަން ވަރަށް ގާތުން ބެލުމަށާއި، މޫސުމަށް އަންނަ ބަދަލުތަކަށް ސަމާލުވުމަށް ވަނީ އެދިފައެވެ. މިއީ އީދު ބަންދުގެ އުފާވެރިކަން ހިތާމައަކަށް ބަދަލުވިޔަނުދިނުމަށްޓަކައި އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ ފަރާތުން ސިފަކުރެއެވެ.

މުދާ އުފުލާ އުޅަނދުތަކާ ގުޅޭގޮތުން އެމްއެންޑީއެފްއިން ފާހަގަކުރީ، ރޭގަނޑު ވަގުތުތަކުގައި ބިދޭސީ ފަޅުވެރިންނާ ހުންގާނު ހަވާލުކުރުމުގެ ސަބަބުން ފަރަށް އެރުމުގެ ހާދިސާތައް މިދުވަސްވަރު އިތުރުވަމުންދާ ކަމަށެވެ. އެހެންކަމުން، މޫސުން ގޯސްނަމަ ރޭގަނޑު ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށާއި، ދަތުރުކުރާ ހާލަތްތަކުގައިވެސް ފުރިހަމަ ސަމާލުކަން ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ