- Advertisement -ad image

ސަރުކާރަށް އެނގެނީ ދަރަނި ދައްކަން ބޮޑު އިންޓަރެސްޓެއްގައި ލޯނު ނަގަން އެކަނި: ޝިޔާމް

ad image

ގުޅުންހުރި ލިޔުންތައް

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރަށް ހަމަ އެކަނި ކުރަން އެނގޭ ކަމަކީ ދަރަނި ދައްކަންބޮޑު އިންޓަރެސްޓްގައި ލޯނު ނަގަން އެކަނި ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ދިޔަރެސްގެ ނޫސްވެރިޔާ އަޒާންގެ ފޯނު އަދި ލެޕްޓޮޕް ނެގުމަށް ފުލުހުން ކޯޓ އަމުރަކަށް އެދިފައިވާކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން ކުރެއްވި ޓުވީޓެއް ޝިޔާމް ވިދާޅުވީ، ގައުމު ބަނގުރޫޓުކޮށް އަޅުވެތިކޮށް ދޭދޭ ގައުމުތަކުގެ ގުޅުން ހީނަރު ކުރުވާފައި ރައީސް ސާލިހު އޭގެ އިލްޒާމު އަޅުވަން މަސައްކަތް ކުރަނީ ގަޔާނުވާ ނޫސްވެރިންނާއި އަދި ސިޔާސީ ވާދަވެރިންގެ ބޮލުގައި ކަމަށެވެ.

ސަރުކާރުން ވެރިކަމަށް އައީ ނޫސްވެރިކަމުގެ މިނިވަންކަން ދީ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން އެންމެ ފުޅާމިނުގައި ލިބޭނެ ކަމަށް ބުނަމުންނެވެ. ނަމަވެސް ސަރުކާރަށް ފާޑުކިޔާ ނޫސްވެރިންނަށް އެކި ގޮތްގޮތުން ދަނީ ފިއްތުންތައް ކުރިމަތި ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ