- Advertisement -ad image

ރޭސިން އެސޯސިއޭޝަން އިން މާދަމާ ކުޑަކުދިންގެ ހަވީރެއް ބާއްވަނީ!

ad image

ގުޅުންހުރި ލިޔުންތައް

ރޭސިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރެމް) އިން “އެކުވެލަމާ”ގެ ނަމުގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ނިންމައިފި އެވެ.

ރެމްގެ ސީއެސްއާރް އިން ކޮންމެ އަހަރަކު ވެސް މިފަދަ ހަރަކާތެެއް ބާއްވައެވެ. “އެކުވެލަމާ” އަކީ ސުޕެޝަލް އޮލިންޕިކްސް އަށް ކޮންމެ އަހަރަކުވެސް ބޭއްވިދާނެ އިވެންޓެއްކަން ފާހަގަކޮށް މި އިވެންޓުގެ މައިގަނޑު މަގުސަދަކީ ހުރިހާ ކުދިންނަށް ވެސް މޮޓޯސުޕޯޓުސް ހަރަކާތްތަށް ބެލުމަށް ހަމަ ހަމަ ފުރުސަތު ހޯދާއިދިނުމާއި އެ ކުދިންނާއި ގުޅިގެން އެތަކެއް ކުދިންނެއް ބައިވެރިވެވޭނޭ މަގު ފަހިކޮށްދިނުން ކަމަށް އެސޯސިއޭޝަނުން ހާމަކުރެއެވެ.

މި ކުޑަކުދިންގެ ހަވީރުގައި އެކި ކަހަލަ ގޭމްސް ގެ އިތުރުން އޮޓޯޝޯވ ސްޓަންޓްވެސް ދައްކާލުން އޮންނާނެކަމަށް ރެމްއިން ބުނެއެވެ. އިވެންޓު ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާގެ ހަވީރު 16:00 ން 18:00އަށް ހުޅުމާލޭ ސެންޓްރަލް ޕާރކްގަ އެވެ.

ރެމްއިން ވަނީ ސްޕެޝަލް އޮލިމްޕިކްސް އާއެކު ކުރާ މަސައްކަތްތަކުގެ ތެރެއިން މޮޓޯރސްޕޯރޓިންގެ ތެރެއަށް ކުދިން ވަނުމަށް ލިބޭ ފުރުސަތާއި ހިތްވަރު ފާހަގަކޮށްފަ އެވެ.

މިކަން ކުރުމަށް އެންމެ ބޮޑު އެއްބާރުލުމެއް ދެއްވި އެޗްޑީސީއަށް ރެމްއިން ވަނީ ހާއްސަ ޝުކުރެއް އަދާކޮށްފައެވެ. އެޗްޑީސީއިން ވަނީ ސެންޓްރަލް ޕާރކް ހަމަޖައްސައިދީ އެތަނަށް ކަރަންޓް އަދިވެސް އެތަކެއް އެހީތަކެއް ފޯރުކޮށްދީފައި ކަމަށް ރެމްއިން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ