- Advertisement -ad image

މަތީ ތައުލީމުގެ ލޯނު ލިބޭ ދަރިވަރުންގެ ދާއިމީ ލިސްޓް އާއްމުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

މަތީ ތައުލީމް ހާސިލްކުރަން ބޭނުންވާ ފަރާތްތަކަށް ސަރުކާރުން ދޫކުރާ ލޯނު ލިބުނު 453 ދަރިވަރުންގެ ދާއިމީ ލިސްޓު މިއަދު އާއްމުކޮށްފިއެވެ. 

މަތީ ތައުލީމް ހާސިލްކުރަން ސަރުކާރުން މިފަހަރު ހުޅުވާލާފައިވަނީ އެކި ދާއިރާތަކުން 720 ލޯނުގެ ފުރުސަތެވެ. މީގެ ތެރެއިން މި ލޯނަށް ޝަރުތު ހަމަވާ 453 ދަރިވަރުންގެ ދާއިމީ ލިސްޓް މިހާރު ވަނީ އާންމުކޮށްފައިވާއިރު މީގެ ތެރޭގައި ހިމެނެނީ އަލަށް ކިޔަވަން ފެށުމަށް ހޮވުނު 379 ދަރިވަރުންނާއި މިހާރު ކިޔަވަމުންދާ 74 ދަރިވަރުންނެވެ.

މިދިޔަ ފެބްރުއަރީ މަހު ހުޅުވާލި ލޯނަށް 1،000 ދަރިވަރުން ވަނީ ކުރިމަތިލާފައެވެ. ވަގުތީ ނަތީޖާއިން ލޯނު ޔަގީންވީ 393 ދަރިވަރުންނަށް ނަމަވެސް، ދަރިވަރުންގެ ޝަކުވާތައް އަޑުއެހުމަށްފަހު ޢާއްމު ކޮށްފައިވާ ދާއިމީ ލިސްޓުން އިތުރު 60 ދަރިވަރަކަށްވަނީ ލޯނުގެ ފުރުސަތު ލިބިފައެވެ.

މިއީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި އަލަށް ކިޔަވަން ފެށުމަށް ބޭނުންވާ ދަރިވަރުންނަށާއި މިހާރުވެސް ކިޔަވަމުންދާ ދަރިވަރުންނަށް ހުޅުވާލި ލޯން ފުރުސަތުތަކެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ