އޮންލައިންކޮށް ހުށަހަޅައިގެން ހަދާނިމިފައިވާ ވަރަށް ގިނަ އަދަދެއްގެ ކާރޑު ހަވާލުނުކުރެވި ހުރުމުގެ ސަބަބުން އެ ކާރޑުތައް ހަވާލުކުރުން ހޮނިހިރު ދުވަހުގެ ހެނދުނު 10 އަކުން ހަވީރު 16؛00 އަށް އޮންނާނެ ކަމަށް ޑިޕާޓުމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަނުން ހާމަކޮށްފިއެވެ.
އެ ޑިޕާޓުމަންޓުގެ ޑިރެކްޓަރ ޖެނެރަލް ތަހުމީލާ އިބްރާހިމް ސޮއިކުރައްވަަ ނެރުއްވި އިއުލާނެއްގައި ބުނެފައިވަނީ ހޮނިހިރު ދުވަހުގެ އިތުރުން ޖޫން 12 އަދި 13 ވަނަ ދުވަހުގެ 14:00 އިން ހަވީރު 16:00 އަށްވެސް އެފަދަ ކާރޑުތައް އެ ޑިޕާޓުމަންޓުން ދޫކުރާނެ ކަމަށެވެ.
އެފަދަ ކާރޑުތަކާއި ބެހޭ އިތުރޔ މައުލޫމާތު ހޯދަން ބޭނުންނަމަ އެ ގަޑިތަކުގައި 3033200، 3033201، 3033202 އަދި 3033203 އަށް ގުޅައިގެން މައުލޫމާތު ހޯދުމަށްވެސް ޑީއެންއާރުން ވަނީ އެދިފައެވެ. އޮންލައިންކޮށް އައިޑީކާރޑު ހެދުމަށް ފޯމް ހުށަހެޅޭ ގޮތަށް ބަދަލު ކުރީ ކޮވިޑް19 އާއި ގުޅިގެެން އޭރު އެޅި ފިޔަވަޅުތަކާއެކުއެވެ.