- Advertisement -ad image

ނޫސްވެރިން އެމީހުންނަށް ހަވާލުވެފައިވާ ޒިންމާ، އަމާނާތްތެރި ކަމާއެކު ރައްޔިތުންނަށް ގެނެސްދޭންޖެހޭ: ރައީސް ޔާމީން

ad image

ގުޅުންހުރި ލިޔުންތައް

ނޫސްވެރިން އެމީހުންނަށް ހަވާލުވެފައިވާ އަމާނާތް، އަމާނާތްތެރިކަމާއެކު ރައްޔިތުންނަށް ގެނެސްދޭންޖެހޭ ކަމަށް ކުރީގެ ރައީސް ޔަަމީން ވިދާޅުވެއްޖެއެވެ. ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ، ރައްޔިތުން ހޭލުންތެރި ކުރުމުގެ ޒިންމާ އުފުލަންޖެހޭ ބަޔަކީ ނޫސްވެރިން ކަމަށެވެ.

އަދި ނޫސްވެރިންނަކީ އަމާނާތަކާ ހަވާލުވެގެން ތިބި ބައެއް ކަމަށާއި، ރައްޔިތުންގެ ވިސްނުމާ ފިކުރު އެކި ގޮތްގޮތަށް ބަދަލު ކުރަން ތިބި ބަޔަކީވެސް ނޫސްވެރިން ކަަމަށް ވިދާޅުވިއެވެ. ރަޢީސް ޔާމީން ވަނީ ލިބޭ އެއްވެސް ސިޓީއުރައަކަށަ ނުހެއްލި ތެދު ބަހުން ރާއްޖޭގެ ހާލަތު ރައްޔިތުންނާއި ހަމައަށަ ގެނެސްދިނުމަށް ރާއްޖޭގެ ނޫސްވެރިންނަށް ގޮވާލާފައެވެ.

ރާއްޖޭގެ އިގްތިސާދަށަ ވަމުން އަންނަ ގޮތްތަކާއި ސިޔާސީ މަސްރަހު ރައްޔިތުންނަށް އޮޅުންފިލުވައިދޭން ޖެހޭ ބަޔަކީ ނޫސްވެރިން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ރޭގެ ޖަލްސާގައި ރައީސް ޔާމީން ވސނީ ސަރުކާރަށްވެސް ފާޑު ވިދާޅުވެފާއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ