Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

އާބާދީއަށް އަންނަ ބަދަލުތަކާއެކު ޒުވާނުންގެ ސިއްހަތަށް އިންވެސްޓްކުރުން މުހިންމު: ރައީސް

ad image

ގުޅުންހުރި ލިޔުންތައް

ދިވެހިރާއްޖޭގެ އާބާދީގައި އުމުރުން ދުވަސްވީ މީހުންގެ ނިސްބަތް އިތުރުވަމުންދާ ދަނޑިވަޅެއްގައި، ސިއްހީ ނިޒާމު ދަމަހައްޓައި އެ އާބާދީއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޒުވާނުންގެ ސިއްހަތަށް އިންވެސްޓްކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރެއްވި ގޮތުގައި، މިއަދުގެ ޒުވާނުންގެ ކިބައިގައި ދުޅަހެޔޮ އާދަތައް އަށަގަންނުވައި، ދިގުދެމިގެންދާ ބަލިތަކުން އެމީހުން ރައްކާތެރިކުރުމަކީ މުސްތަގުބަލުގައި އުފެއްދުންތެރި މަސައްކަތްތެރީންނާއި އެހީތެރީން ބިނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން، “ކެއާ އިކޮނޮމީ” ނުވަތަ އަޅައިލުމުގެ އިގުތިސާދަށް އިންވެސްޓްކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަޅައިލުމުގެ ހިދުމަތްތައް ހަރުދަނާކުރުމުން، އުމުރުން ދުވަސްވީ މީހުންނަށް ފެންވަރު ރަނގަޅު ސިއްހީ ފަރުވާ އާއި އިޖުތިމާއީ އެހީތެރިކަން ކަށަވަރުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ ސަބަބުން އާއިލާތަކަށް، ވަކީން ހާއްސަކޮށް އަންހެނުންނަށް، އާމްދަނީއެއް ނުލިބޭ ގޮތަށް މީހުން ބެލުމަށް އުފުލަންޖެހޭ ބުރަ ލުއިވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގެ އާބާދީގެ 39 އިންސައްތައަކީ ޒުވާނުންކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ޒުވާނުންނަށް ފެންވަރު ރަނގަޅު ތައުލީމާއި ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަކީ ސަރުކާރުގެ އިސް އަމާޒެއް ކަމަށެވެ. އަދި ދެމެހެއްޓެނިވި ތަރައްގީ ބަރޯސާވަނީ ޒުވާނުންގެ ގާބިލިއްޔަތު ބޭނުންކުރުމަށް އެމީހުން ބާރުވެރިކުރެވޭ މިންވަރެއްގެ މައްޗަށް ކަމަށްވެސް ވިދާޅުވިއެވެ.

ދައުލަތުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި އާބާދީއާ ގުޅުންހުރި ސައްހަ މައުލޫމާތު އެއްކުރުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން، ރަށު ފެންވަރުގައި އިދާރީ ދަފުތަރުތައް ހަރުދަނާކޮށް، ހެކީގެ މައްޗަށް ބިނާވެގެން ނިންމުންތައް ނިންމުމަށް މަސައްކަތް ކުރަމުންދާކަން ހާމަކުރެއްވިއެވެ.

މީގެ އިތުރުން، 2030 ވަނަ އަހަރުގެ ބޯހިމެނުން ކުރިއަށްގެންދިއުމަށް ރާވާފައިވަނީ އިދާރީ ދަފުތަރުތަކާއި ބޯހިމެނުމުގެ އުސޫލުތައް އެކުލެވޭ “ހައިބްރިޑް” އުސޫލަކުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި މަސައްކަތުގެ ބޭނުމަކީ އެއްވެސް މީހަކު ބާކީނުވާނެކަން ކަށަވަރުކޮށް، ވިލުންތެރި އަދި ފާގަތި ރާއްޖެއެއް ބިނާކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ