ހަގީގަތަށް ލޯބިކުރާ ކޮންމެ އިންސާނަކު، ރަސޫލާއަށް ފުރައްސާރަކުރުން ކުށްވެރިކުރާނެކަމަށް މިއަދުގެ ހުކުރު ހުތުބަާގައި ބުނެފިއެވެ. ކީރިތި ރަސޫލާދެކެ ލޯބިވުން މި މައުޟޫއަށް މިއަދުގެ ހުކުރު ހުތުބާގައި ވަނީ ވަރަށް ތަފުސީލުކޮށް ބަލާލައިފައެވެ.
ބައެއްފަހަރު ރަސޫލާގެ މަތިވެރި ސަހުސިއްޔަތު ނިސްބަތްކޮށްގެން މުސްލިމުންގެ މި ދިވެހި ފަސްގަނޑުގައިވެސް އެކި ފާޑުފާޑުގެ ވާހަކަތައް ޝާއިއުކުރާތީ ފެންނަ ކަމަށާއި ޝައްކެއް ނެތް ގޮތުގައި އެފަދަ ދޮގު ލިޔުންތައް އުފައްދާ އާއްކުރާ މީހުންނަކީ އަގީދާ ފާސިދުވެފައިވާ ބައެއް ކަމަށް ބުނެފައިވެއެވެ.
’އެމީހުންގެ ބޭނުމަކީ މުޅި ދުނިޔެއަށް ފެތުރިފައިވާ الله ގެ ދީން މީސްތަކުންނަށް އޮޅުވާލުމެވެ. މީސްތަކުން އިސްލާމްދީނަށް ނަފުރަތުކުރުވާއެދީނާ ދުރުކުރުވުން. ‘ ހުކުރު ހުތުބާ
އެއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިސްލާމްދީން ނުހަނު ބާރަށް ފެތުރެމުން އަންނާތީ ގަންނަ ބިރެއްގެ ސަބަބުން ހިންގާ ފިނޑިއަމަލުތަކެއް ކަމަށާއި ރަސޫލާ ކުރައްވާފައިވާ ކަންކަމާމެދު މަލާމާތްކޮށް ފުރައްސާރަކޮށް ބަސްބުނުމުގެ ހައްގަކީ އެއްވެސް ބަޔަކަށް ލިބިގެންވާ ހައްގެއް ނޫންކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.
“ކީރިތި ރަސޫލާ ދެކެ ލޯބިވެ އެކަލޭގެފާނު ދިފާއު ކުރުމަކީ މުސްލިމުންގެ ވާޖިބެކެވެ. އެމީހެއްގެ އަމިއްލަ ނަފުސާ މުދަލާ އަނބިދަރިންނަށްވުރ ބޮޑަށް އެކަލޭގެފާނު ދެކެ ލޯބިވެ އެކަލޭގެފާނަށް ނަސްރުދީގެން މެނުވީ އެއްވެސް މުސްލިމެއްގެ އީމާކަން ފުރިހަމައެއް ނުވާނެ” ހުތުބާގައި ވެއެވެ.
ޚުތުބާތައްވެސް ސިޔާސީ ވެއްޖެއޭ ބުނެވޭކަށް ނެތް. ސަބަބަކީ ޚުތުބާ އޮންނަން ޖެހޭނީ އެމުޖުތަމައެއްގަ އޭރެއްގައި ހިނގާ ކަންކަމާ ގުޅޭ ގޮތުން. މިއަދުގެ ޚުތުބާ ވަރަށްރަނގަޅު.