Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ޕެރޯލަށް އެދި ހުށަހަޅާފައިވާ ޤައިދީންނާ އިންޓަވިއުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ޕެރޯލްގެ ދަށުން މިނިވަންވުމަށް އެދި ހުށަހަޅާފައިވާ ޤައިދީންގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއުކުރުމުގެ ޚާއްޞަ ބައްދަލުވުންތަކެއް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ކުރިއަށް ގެންގޮސްފިއެވެ. މި މަހުގެ 11 ވަނަ ދުވަހު މާފުށި ޖަލުގައި ބޭއްވި މި ބައްދަލުވުންތަކަކީ ޕެރޯލް ބޯޑުން ޤައިދީންނާ މެދު ގޮތްތަކެއް ނިންމުމަށް ބޭއްވި ބައްދަލުވުންތަކެކެވެ.

މި ދަތުރުގެ ތެރެއިން ޕެރޯލް ބޯޑުގެ މެންބަރުން ވަނީ މާފުށި ޖަލުގައި ޤައިދީން އިޞްލާޙުކޮށް އަލުން މުޖުތަމަޢަށް ނެރުމަށް ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ބައްލަވާލައްވާފައެވެ. އެގޮތުން ޖަލުގައި ކުރިއަށްދާ ތަފާތު ކޯސްތަކާއި ވޮކޭޝަނަލް މަސައްކަތްތައް ހިނގާގޮތް ބޯޑުގެ މެންބަރުން ވަނީ ގާތުން ބައްލަވާލައްވާފައެވެ.

ކަރެކްޝަންސްގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2025 ވަނަ އަހަރު ޕެރޯލްގެ ދަށުން ދޫކޮށްލުމަށް އެދި ޖުމްލަ 241 ރިކުއެސްޓެއް ވަނީ ލިބިފައެވެ. މީގެ ތެރެއިން 189 ފޯމަކީ ޝަރުޠު ހަމަވާ ފޯމްތަކެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު، 43 ފޯމެއް ޝަރުޠު ހަމަނުވާ ކަމަށް ވަނީ ނިންމާފައެވެ. އަދި ބާކީ ހުރި ފޯމްތަކުގެ ތެރެއިން ބައެއް މައްސަލަތަކުގައި ޤާނޫނީ ލަފައަށް އެދިފައިވެއެވެ.

ވޭތުވެދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޕެރޯލް ބޯޑަށް 86 ފޯމެއް ހުށަހެޅުނެވެ. އޭގެ ތެރެއިން 42 މީހަކު ޕެރޯލްގެ ދަށުން ދޫކޮށްލުމަށް ބޯޑުން ހުއްދަ ދީފައިވާއިރު، 44 މީހަކަށް އެ ހުއްދަ ދީފައެއް ނުވެއެވެ. މިއީ ޤައިދީންގެ އުޅުމާއި އިޞްލާޙީ މިންގަނޑުތަކަށް ބެލުމަށްފަހު ނިންމާފައިވާ ނިންމުންތަކެކެވެ.

މިދިޔަ އަހަރުގެ ތެރޭގައި ޕެރޯލްގެ ދަށުން ދޫކޮށްލުމަށް ހުއްދަ ލިބުނު ނަމަވެސް، އެކި ސަބަބުތަކާހުރެ 25 މީހެއްގެ ޕެރޯލް ވަނީ ކެންސަލްކޮށްފައެވެ. މީގެ ތެރޭގައި ޖަލުން ދޫކޮށްލުމުން އެމީހުންނާ ޙަވާލުވާނެ ބަޔަކު ނެތުމުގެ ސަބަބުން ކެންސަލްކުރި ދެ މީހަކުވެސް ހިމެނެއެވެ. އެހެންނަމަވެސް، މިދިޔަ އަހަރު ޖުމްލަ 27 ޤައިދީއަކު ވަނީ ޕެރޯލްގެ ދަށުން އަލުން މުޖުތަމަޢަށް ދޫކޮށްލާފައެވެ.

ޕެރޯލްގެ ނިޒާމަކީ ޖަލުގައި ރަނގަޅު އަޚްލާޤެއް ދައްކާ އަދި ކުށުގެ މާޙައުލުން ދުރުވުމަށް މަސައްކަތްކުރާ ޤައިދީންނަށް ދެވޭ ފުރުޞަތެކެވެ. މި ނިޒާމުގެ ދަށުން ދޫކޮށްލާ ފަރާތްތަކަކީ މުޖުތަމަޢުގައި ބޭނުންތެރި ބަޔަކަށް ވުމަށް ބާރުއެޅުމަކީ ކަރެކްޝަނަލް ސަރވިސްގެ މުހިންމު އަމާޒެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ