Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

މާލެއަށް ހިޖުރަކުރަންޖެހޭ ސަބަބުތައް މަދުކޮށް، މުޅި ރާއްޖެއަށް ހަމަހަމަ ތަރައްޤީއެއް ހޯދައިދޭނަން: ރައީސް

ad image

ގުޅުންހުރި ލިޔުންތައް

ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރާނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގެ މެދުގައި ހުރި ތަފާތުތައް ނައްތާލައި، މާލެއަށް ހިޖުރަކުރަންޖެހޭ ސަބަބުތައް މަދުކުރުމާއެކު، މުޅި ރާއްޖެއަށް ހަމަހަމަ އަދި ދެމެހެއްޓެނިވި ތަރައްޤީއެއް ހޯދައިދިނުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮޑްކާސްޓް “ދަ ޕަލްސް” ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ ތަރައްޤީގެ އެޖެންޑާ ބިނާވެފައިވަނީ ހަމައެކަނި ވެރިރަށަށް ތަރައްޤީ ޖަމާކުރުމުގެ ބަދަލުގައި، މުޅި ރާއްޖޭގައި ހަމަހަމަ ފުރުޞަތުތަކެއް ޤާއިމުކުރުމުގެ މައްޗަށް ކަމަށެވެ.

މާލޭގެ ތޮއްޖެހުމާއި ޓްރެފިކް މައްސަލަތަކަކީ ގިނަ އަހަރުތަކެއް ވަންދެން އެއް ސަރަހައްދަކަށް ތަރައްޤީ ޖަމާކުރުމުގެ ނަތީޖާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެކަންކަމަކީ ހަމައެކަނި ވަގުތީ ފިޔަވަޅުތަކަކުން ހައްލުކުރެވޭނެ ކަންކަން ނޫން ކަމަށެވެ. “ސަރުކާރުން އިސްކަންދެނީ މައްސަލައިގެ އަސްލަށް އަމާޒުކޮށްގެން ދާއިމީ ހައްލުތަކެއް ހޯދުމަށް”، ރައީސް ވިދާޅުވިއެވެ. މިގޮތުން ރާއްޖޭގެ އުތުރާއި ދެކުނުގައި “އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯން” ތަކެއް ޤާއިމުކޮށް، ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތާއި، ތަޢުލީމާއި، ބޯހިޔާވަހިކަން ލިބޭނެ އާބަން ސެންޓަރުތަކެއް އުފެއްދުމަށް ސަރުކާރުން ވަނީ ރާވާފައެވެ.

ރައީސް އިތުރަށް ވިދާޅުވީ ގިނަ ބަޔަކު މާލެއަށް ބަދަލުވަނީ ރަނގަޅު ތަޢުލީމާއި، ވަޒީފާ އަދި ބޯހިޔާވަހިކަން ހޯދުމަށް ކަމަށެވެ. އެހެންކަމުން މި ފުރުޞަތުތައް މުޅި ރާއްޖެއަށް ފުޅާކުރުމުން، އަމިއްލަ ރަށާ ކައިރިން މާލެއާ އެއްފެންވަރެއްގެ ޚިދުމަތްތައް ރައްޔިތުންނަށް ލިބި، މާލެއަށް ބާރުބޮޑުވުން ކުޑަވެގެންދާނެއެވެ. މީގެ އިތުރުން، ގްރޭޓަރ މާލެ ސަރަހައްދުގެ ތޮއްޖެހުން ކުޑަކުރުމަށް ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި ޕާކިންގ ފެސިލިޓީތައް ބިނާކުރަމުންދާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޒުވާނުންގެ ކުރިއެރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން، ދާދިފަހުން އިފްތިތާޙުކުރި “ޔޫތު އެންޓްރަޕްރިނިއަރޝިޕް ފައިނޭންސިންގ ސްކީމް” ގެ ސަބަބުން ކުދި ވިޔަފާރިތަކަށް އެހީތެރިކަން ލިބި، މުޅި ރާއްޖޭގެ އިޤްތިޞާދީ ހަރަކާތްތައް ވަރުގަދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލެއްވީ، ހުރިހާ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމުގައި ސަރުކާރު ދެމިއޮންނާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ