Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ފަލަސްޠީނުގެ ބިންތައް ހިފުން ހުއްޓާލުމަށް ކައިރޯގައި ބޭއްވި ކޮންފަރެންސްގައި ރާއްޖެއިން ގޮވާލައިފި

ad image

ގުޅުންހުރި ލިޔުންތައް

ޔޫނައިޓެޑް ނޭޝަންސް ކޮމިޓީ އޮން ދަ އެކްސަރސައިޒް އޮފް ދަ އިނޭލިއަނަބަލް ރައިޓްސް އޮފް ދަ ޕަލަސްޓިނިއަން ޕީޕަލް (ސީ.އީ.އައި.އާރް.ޕީ.ޕީ.) އާއި އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) ގުޅިގެން އިޖިޕްޓްގެ ކައިރޯގައި ބޭއްވި “2026 ކޮންފަރެންސް އޮން ދަ ކުއެއްޝަން އޮފް ޖެރޫސަލަމް” ގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ. މި ކޮންފަރެންސްގައި ރާއްޖޭގެ ފަރާތުން ތަޤްރީރު ކުރެއްވީ ސައޫދި އަރަބިއްޔާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަދި އޯ.އައި.ސީ.ގެ ދާއިމީ މަންދޫބު އަޙްމަދު ސަރީރުއެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސަފީރު ވަނީ އިސްރާއީލުގެ އަމަލުތަކުގެ ސަބަބުން ފަލަސްޠީނުގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ ދަތި ހާލަތަށް އަލިއަޅުއްވާލައްވާފައެވެ. ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ ނިންމުންތަކާ ޚިލާފަށް ފަލަސްޠީނުގެ ބިންތައް ހިފުމަށް އިސްރާއީލުން ކުރަމުންދާ މަސައްކަތްތައް މިހާރުން މިހާރަށް ހުއްޓާލުމަށް ރާއްޖެއިން ވަނީ ބާރުއަޅާފައެވެ. މީގެ އިތުރުން، ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ އެޖެންސީ (އަންރުވާ) އަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ރާއްޖެއިން ގޮވާލާފައިވެއެވެ.

ރާއްޖޭގެ ތަޤްރީރުގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޤުދުސްގެ މުގައްދަސް ބިންތަކުގެ ތާރީޚީ އަދި ދީނީ ހައިސިއްޔަތު ހިމާޔަތްކުރެވޭނީ އިސްރާއީލުގެ އިސްތިއުމާރު ނިމުމަކަށް ގެނެސްގެންނެވެ. އަދި 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށް ކަމުގައި ކަނޑައަޅައި، މިނިވަން ދައުލަތެއް އުފެއްދުމުގެ ޙައްޤު ބައިނަލްއަޤްވާމީ މުޖުތަމައުން ބަލައިގަންނަން ޖެހޭނެ ކަމަށް ރާއްޖެއިން ބުންޏެވެ.

ސީ.އީ.އައި.އާރް.ޕީ.ޕީ. އަކީ 1975 ވަނަ އަހަރު އދ. ގެ އާންމު މަޖިލީހުން ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ހިމާޔަތްކުރުމަށް އުފެއްދި ކޮމިޓީއެކެވެ. ދިވެހިރާއްޖެއަކީ އަބަދުވެސް ފަލަސްޠީނުގެ ޙައްޤުގައި ބައިނަލްއަޤްވާމީ މައިދާންތަކުގައި އަޑުއުފުލަމުންދާ ޤައުމެއްގެ އިތުރުން، އޯ.އައި.ސީ. ގެ މެންބަރު ޤައުމެއްގެ ހައިސިއްޔަތުން މިފަދަ ކޮންފަރެންސްތަކުގައި މުހިންމު ދައުރެއް އަދާކުރަމުންދާ ޤައުމެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ