Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ލޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ނިއުކްލިއިކް އެސިޑް ޓެސްޓިންގެ ހިދުމަތް ރާއްޖޭގައި ފަށައިފި

ad image

ގުޅުންހުރި ލިޔުންތައް

މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގަމުންދާ މޯލްޑިވްސް ބްލަޑް ސާވިސްއިން ލޭ އެޅުމުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ނިއުކްލިއިކް އެސިޑް ޓެސްޓިންގެ ހިދުމަތް މިއަދު ރަސްމީކޮށް ތައާރަފުކޮށްފިއެވެ. މި އާ ހިދުމަތަކީ ރާއްޖޭގެ ސިއްހީ ދާއިރާގައި ލޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެކެވެ.

މި ހިދުމަތް ތައާރަފުކުރުމާ ގުޅިގެން މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އަބްދުއްރައްޒާގު ހަލީމު އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ރާއްޖޭގެ ލޭގެ ހިދުމަތް ޒަމާނީ ފެންވަރަށް ގެންދިއުމުގައި ހާސިލުވި ވަރަށް މުހިއްމު ތާރީހީ މަރުހަލާއެއް ކަމަށެވެ. އަދި މިއީ ލޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މިހާރު ދުނިޔޭގައި ބޭނުންކުރާ އެންމެ ފަހުގެ ޓެކްނޮލިޖީކަން އޭނާ ފާހަގަކުރެއްވިއެވެ.

ސީއީއޯ ވިދާޅުވި ގޮތުގައި މި ޓެސްޓަކީ މީހުން ހަދިޔާކުރާ ލޭގައި ހުރެދާނެ ހެޕަޓައިޓިސް ބީ، އެޗްއައިވީ އަދި ހެޕަޓައިޓިސް ސީ ފަދަ ބަލިތައް މިހާރު ހަދާ އާދައިގެ ޓެސްޓުތަކަށްވުރެ އެތައް ގުނައެއް ހަލުއިކޮށް އަދި ޔަގީންކަމާއެކު ދެނަގެނެވޭ ޓެސްޓެކެވެ. މީގެ ސަބަބުން ލޭ ބޭނުންކުރާ ފަރާތްތަކަށް، ހާއްސަކޮށް ތެލެސީމިއާ ކުދިންނަށް ލިބޭ ލޭގެ ރައްކާތެރިކަން އިތުރަށް ކަށަވަރުވެގެންދާނެއެވެ.

ހަލީމު އިތުރަށް ވިދާޅުވީ، މި ޚިދުމަތް ތައާރަފް ކުރެވިގެން ދިޔުމަކީ، ޞިއްޙީ ދާއިރާ ހަރުދަނާކުރުމަށާއި، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ސިޔާސަތުތަކާ އެއްގޮތަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށެވެ. މިއީ ބައިނަލްއަގްވާމީ މިންގަނޑުތަކަށް ލޭގެ ހިދުމަތް ފެއްތުމަށް ކުރެވޭ ގައުމީ މަސައްކަތެއްގެ ފެށުމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި އާ ޓެކްނޮލިޖީ ތައާރަފުކުރުމަކީ ލޭގެ ހިދުމަތުގެ ގައުމީ މިންގަނޑުތަކާއި މޯލްޑިވްސް ތެލެސީމިއާ މާސްޓަރ ޕްލޭން 2024-2034 ގައި ކަނޑައަޅާފައިވާ އިސްތިރާޖީ އަމާޒުތައް ހާސިލުކުރުމަށް މަގުފަހިވެގެންދާނެ ކަމެކެވެ. މި ހިދުމަތާއެކު ރާއްޖޭގެ ބްލަޑް ބޭންކުގެ ހިދުމަތްތައް އިތުރަށް ހަރުދަނާވެ، އާންމު ސިއްހަތު ރައްކާތެރިކުރުމަށް ކުރާ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބޭނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ