- Advertisement -ad image

ރައީސް ޔާމީން، ވިނަރެސް ފްލެޓްތައް ދޭން ނިންމީ 7000 ރުފިޔާއަށް: މޭޔަރ މުއިއްޒު

ad image

ގުޅުންހުރި ލިޔުންތައް

އެޗްޑީސީން މިހާރު ވިއްކުމަށް ހުޅުވާލާފައިވާ ވިނަރެސް ފްލެޓްތައް ރައީސް ޔާމީންގެ ދައުރުގައި ކުއްޔަށް ދޭން ނިންމީ އެންމެ 7000 ރުފިޔާއަށް ކަމަށް ކުރީގެ ހައުސިން މިނިސްޓަރ މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މޭޔަރު މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީން ސަރުކާރުގައި ފެއްޓި 1530 ޔުނިޓުގެ ހައުސިންގ މަޝްރޫޢު، މި ސަރުކާރުން 1340 އަށް މަދުކޮށް، “ވިނަރެސް” ގެ ނަންދީ، އަތް ނުފޯރާހާ އަގުބޮޑުކޮށް ވިއްކަމުންދާ ދިޔުން ބަދަލުކުރުމަށް އެދޭ ކަމަށެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުގައި މި ފްލެޓް ތައް ދިނުމަށް ނިންމާފައިވަނީ މަހަކު 7000ރ އަށް ކަމަށްވެސް ވިދާޅުވިއެވެ.

އެޗްޑީސީން މިހާރުވަނީ ވިނަރެސް ފްލެޓްގެ 100 އެޕަަރޓްމަންޓް ވިއްކަން ހުޅުވާލާފައެވެ. އަދި މިހާރު ގިނަ ބަޔަކު ދަނީ އެތަން ބަލަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ