އެމްއެންޑީއެފްގެ ގަދަރާއި ކަރާމާތް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނަވައި ސިޔާސީ މޭޒުތަކުގައި ބައިވެރިވަޑައިގެން ޝަމާލު ގެއްލުވާލާފައިވާ ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސާލިހު މާމިގިއްޔަށް ވަޑައިގަތުމަށްފަހު، ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމު ރައީސް ސާލިހަށް މަރުހަބާ ވިދާޅުވުމަށް ވީއައިޕީ ލައުންޖުގައި ދެޕާޓީގެ އިސް ބައެއް ބޭފުޅުންނާއެކު ބޭއްވެވި ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޝަމާލް ބައިވެރިވެ ވަޑައިގަންނަވާ ފޮޓޯތަކެއް ވަނީ މީސް މީޑިއާގައި ދައުރުވެފައެވެ.
ޝިޔާމް ކުރެއްވި ޓުވީޓެއްގެ ވިދާޅުވީ، އެމްޑީޕީގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރައީސް ސާލިހު ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އާއެކު ކުރިއަށްގެންދިޔަ ސިޔާސީ ބައްދަލުވުމުގައި ޗީފްއޮފް ޑިފެންސް ފޯސް ޝަމާލް ބައިވެރިވުމަކީ އެމްއެންޑީއެފަށްވެސް ހުތުރު އަމަލެއް ކަމަށެވެ.