ހެންވޭރު ޕޮއިންޓް ހިޔާ ގޭގެ ފުރަތަމަ ފަންގިފިލާއިން ދުން އަރާތީ ސިފައިން އަދި ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.
ފުލުހުން ބުނީ ހެންވޭރު ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބިގެން ސީންގައި ފުލުހުންނާއި ސިފައިން ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ. އަދި އަލިފާން މިހާރު ވަނީ ނިއްވާލައިފާ ކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް ފުލުހުން ހާމަކުރެއެވެ.