ތެލުގު އަގު އިންތިހާއަށް އުފުލި ދޯނި ފަހަރު މަހަށް ފުރަން ބިރު ބޮޑުވެފައިވާ ކަމަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން އިން ބުނެފިއެވެ.
ބީކޭއެމްޔޫ އިން ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އާއު ފިޝަރީޒް މިނިސްޓަރ ޑރ ހެސެއިން ހަސަން އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު ޓެގް ކުރުމަށްފަހު ކުރި ޓުވީޓެއްގައި ބުނެފައިވަނީ މަސްވެރިންނަކީ ސިޔާސީ އައްޑަނައަކަށް ނުހެދުމަށް ގޮވާލާފައެވެ. އަދި މަސްވެރިކަމުގެ ސިނާއަތަށް އަޅާލުން މުހިންމު ކަމަށާއި ތެލުގެ ސަބްސިޑީ އިތުރުކޮށް ދިނުމަށްވެސް ބޮޑު ކަންނެލީގެ މަސްވެރިންގެ ޔޫނިއަނުން ވަނީ ގޮވާލާފައެވެ.