Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ކުރީ ސަރުކާރުން އިންޑިއާއިން ނެގި 150 މިލިއަން ޑޮލަރުގެ ޓީބިލް މި ސަރުކާރުން ދައްކައި ޚަލާޞްކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

އިންޑިއާގެ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ކުރީ ސަރުކާރުން ނެގި ދޫކުރި 150 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލް (ޓީބިލް) ފެސިލިޓީގެ އެންމެ ފަހު 50 މިލިއަން ޑޮލަރުގެ އިންސްޓޯލްމަންޓް ދައްކައި، އެ ފެސިލިޓީއަށް ދައްކަންޖެހޭ ފައިސާ ދިވެހި ސަރުކާރުން އެއްކޮށް ދައްކައި ޚަލާޞްކޮށްފިއެވެ.

މި ފެސިލިޓީއަކީ 2019 ވަނަ އަހަރުގެ މާރިޗު، ޖޫން އަދި އޮކްޓޫބަރު މަހު ކޮންމެ ފަހަރަކު 50 މިލިއަން ޑޮލަރުގެ މަގުން ނަގާފައިވާ ޓީބިލްތަކެކެވެ. މި ފައިސާ އަނބުރާ ދައްކަން ފެށީ 2020 ވަނަ އަހަރު ކަމަށްވާއިރު، ފަހުން ވަނީ 2023 އާ ހަމައަށް ފަސްކޮށްދީފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީގެކުރިން ވިދާޅުވެފައިވާ ގޮތުގައި، 2024 ގެ ޖެނުއަރީ މަހު 50 މިލިއަން ޑޮލަރުގެ އެއް އިންސްޓޯލްމަންޓް ވަނީ ދައްކާފައެވެ. އަދި ބާކީ އޮތް 100 މިލިއަން ޑޮލަރު، އިންޑިއާ ސަރުކާރާއެކު ކުރެވުނު މަޝްވަރާތަކަށްފަހު ފަސްކޮށްދިނެވެ. އޭގެފަހުން މިއަހަރުގެ މެއި މަހު އިތުރު 50 މިލިއަން ޑޮލަރު ދައްކާފައިވާއިރު، ސެޕްޓެމްބަރ 17 އަށް ހަމަވާ އެންމެ ފަހު 50 މިލިއަން ޑޮލަރުގެ އިންސްޓޯލްމަންޓް ދައްކައި މިހާރު ވަނީ މި ފެސިލިޓީ އެއްކޮށް ނިންމާލާފައެވެ.

ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި މިހާތަނަށް ގާތްގަނޑަކަށް 1.3 ބިލިއަން ޑޮލަރުގެ ދަރަނި ވަނީ އަނބުރާ ދައްކާފައެވެ. އަދި ކާބޯތަކެއްޗާއި، ތެލާއި، ބޭސް ފަދަ ކޮންމެހެން ބޭނުންވާ ތަކެތި އެތެރެކުރުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމުގެ އިންތިޒާމުތައް މެދުނުކެނޑި ކުރިއަށްދާ ކަމަށްވެސް ބުނެފައިވެއެވެ.

މިނިސްޓްރީ އޮފް ފިނޭންސުން ދަރަނި މެނޭޖްކުރުމުގައި އިސްކަންދޭ ކަންކަމުގެ ތެރޭގައި ދުރާލާ ދަރަނި އަދާކުރުމަށް ރޭވުމާއި، ރިޒާވް ވަރުގަދަކުރުމުގެ އިތުރުން ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ފައިސާ ޖަމާކުރުން ހިމެނެއެވެ. މީގެއިތުރުން، މިދިޔަ އެޕްރީލް މަހު އަދާކުރި 500 މިލިއަން ޑޮލަރުގެ ސުކޫކަކީ މި ސަރުކާރުން އެއްފަހަރާ ދެއްކި އެންމެ ބޮޑު އެއް ދަރަނިކަން ފާހަގަކޮށް، ވޭތުވެދިޔަ ދެ ސަރުކާރުގެ ފުރަތަމަ ދެ އަހަރާއި ބައިގެ މުއްދަތާ އަޅާބަލާއިރު މި ސަރުކާރުން ދެއްކި ދަރަނީގެ މިންވަރު އިތުރުކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ