ނަމާދު ކުރުމަށް ބާރު އެޅުމަކީ ޒަމާނުއްސުރެ ނިޒާމުގެ ތެރޭގައި ވާރުތަވަމުން އައި ކަމެއް ކަމަށާއި އެއީ ހަރުކަށިކަމާ ގުޅުންހުރިކަމެއް ނޫން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައި ބަޔާންވެގެންވާ ގޮތުގެ މަތިން ތަޢުލީމީ ނިޒާމު އޮންނަންޖެހޭނީ އިސްލާމްދީނަށް ލޯބި ޖެއްސުމުގެ މައްޗަށް ކަމަށެވެ.
އަދި ނަމާދަކީ ކޮންމެ މުސްލިމަކު އަދާކުރަންޖެހޭ ދީނުގެ އެންމެ މަތީ ރުކުން ކަމަށްވާއިރު ނަމާދު ވަގުތުގައި ނަމާދު ކުރުމަކީ ހަރުކަށިކަމުގެ ޢަލާމާތެއްކަމުގައި ވިސްނުވައިދޭން މަސައްކަތްކުރުމަކީ ޢަލްމާނިއްޔަތު ކުރިއަރުވައި މުސްލިމުންގެ ޙަޔާތުން ދީން ދުރުކޮށްލަން ހިންގޭ ފިކުރީ ހަނގުރާމައިގެ ޢަލާމާތެއް ކަމެއް ޝަހީމް ވިދާޅުވިއެވެ.
ޝަހީމްގެ ޓުވީޓްގައި ވަކި ކަމަކަށް އިޝާރާތްކޮށްފައި ނުވިނަމަވެސް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރ އުނގޫފާރުގަައި ކުރިއަށް ގެންދިޔަ ’ހަފްތާ ރެސް’ ޕްރޮގްރާމްގައި ކުރިއަށް ގެންދިޔަ ސެޝަނެއްގައި ސްކޫލް ދަރިވަރުން ސްކޫލް ގަޑީގައި ނަމާދު ކުރާނަމަ އެއީ ހަރުކަށި ފިކުރަށް ކުއްޖާ ތަބާވަމުން އަންނަ ކަމުގެ އަލާމާތެއް ކަމަށް ބުނެފައިވެއެވެ.
ރަނގަޅު ވާހަކައެއް. ހަރުކަށި އެއީ އެއްގޮތަކަށްވެސް މާތްވެގެންވާ އިސްލާމްދީނާއި ގުޅުމެއްވާޢެއްޗެއްނޫން. ހަރުކަށި ފިކުރަކީ އިސްލާމްދީނުގެ ޢަދުއްވުން ޖަހައިގެންއުޅޭ ރޮށްޖެއް އެރޮދީގައިމިޖެހެނީ ނުވިސްނޭމީހުން. އެހެންވެ ކީރިތި ޤުރުޢާނުގައިވެސް ވިސްނާ ފިކުރުކުރުމަށް މީސްތަކުންނަށް އަންގަވާފައި އެވަނީ..ހަރުކަށިވެ ހައްދުފަހަނައަޅާދަނީ މީހާއަމިއްލަޔަށް…ވަޤުތަށް ނަމާދުކުރާތީކީނޫން… ހަރުކަށިފިކުރުގެ މީހުންނަކީ އިސްލާމްދީނުގެ ޙުދޫދުތަށް ފަހަނައަޅައި މުރުތައްދުވެފައިވާމީހުން. އެފަދަ މީހުންނަކަށް މުސްލިމުންނެކޭ ނުކިޔާނެ . މުސްލިމުންނަކީ ނަމާދުވަޤުތުތަކަށް އިސްކަންދީގެން އެމީހެއްގެ މަސައްކަތާއި ގަޑިތަށް ރާވާމީހާ..ނަމާދަކީ ވަޤުތު ކަނޑައެޅިގެންވާ ފަޜުލެއް. ނަމާދު ފަސްކުރެވޭނެ ޢުޒުރެއް ހަދައިންނެތުން ނިދިޖެހުން ފިޔަވާ ނޯންނާނެ.