Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

އިސްރަށްވެހިންގެ ދުޅަހެޔޮކަމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ: ފަސްޓް ލޭޑީ

ad image

ގުޅުންހުރި ލިޔުންތައް

ދިވެހިރާއްޖޭގެ އިސްރަށްވެހިންނަކީ ޞިއްޙަތު ރަނގަޅު، އުފާވެރި ދިރިއުޅުމެއް އުޅޭ ބަޔަކަށް ހެދުމަށްޓަކައި އެ ފަރާތްތަކުގެ ޖިސްމާނީ، ނަފްސާނީ އަދި އިޖުތިމާޢީ ދުޅަހެޔޮކަމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

މެޑަމް ސާޖިދާ މިހެން ވިދާޅުވީ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކ. ކާށިދޫގައި ބޭއްވި އިސްރަށްވެހިންގެ އެއްވުން އިފްތިތާޙުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އެކަމަނާ ވިދާޅުވީ ނަފްސާނީ ދުޅަހެޔޮކަމަކީ އުމުރުގެ ކޮންމެ މަރުޙަލާއެއްގައިވެސް މުހިންމު ކަމެއް ކަމަށާއި، ޚާއްޞަކޮށް އުމުރުން ދުވަސްވުމުން މިކަމުގެ މުހިންމުކަން އިތުރުވެގެންދާ ކަމަށެވެ. އަދި ޤައުމު ބިނާކުރުމަށާއި އަންނަން އޮތް ޖީލުތައް ބިނާކުރުމުގައި އިސްރަށްވެހިން ކޮށްދީފައިވާ ޚިދުމަތްތައް ފާހަގަކުރައްވައި އެކަމަނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އުމުރުން ދުވަސްވީ މީހުންނަށް އޯގާތެރިވެ އަޅާލުމަކީ އިސްލާމީ ރިވެތި އުސޫލުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެއްކަން ފާހަގަކުރައްވަމުން، އެ ފަރާތްތަކުގެ ޖިސްމާނީ ޞިއްޙަތުގެ އިތުރުން ނަފްސާނީ އަދި އިޖުތިމާޢީ ބޭނުންތަކަށްވެސް ރިޢާޔަތްކުރަންޖެހޭ ކަމަށް ފަސްޓް ލޭޑީ ވިދާޅުވިއެވެ. އެކަމަނާގެ އަމާޒަކީ ދިވެހިރާއްޖޭގެ އިސްރަށްވެހިންނަށް ދުޅަހެޔޮ، އުފާވެރި ދިރިއުޅުމެއް ހޯދައިދިނުން ކަމަށާއި، ރާއްޖޭގެ ޞިއްޙީ ނިޒާމު މިހާރު ބައްޓަންކުރެވެމުން ދަނީ އެ ލަނދުދަނޑި ހާސިލުކުރުމަށް ކަމަށްވެސް ވިދާޅުވިއެވެ.

މި ފަހަކަށް އައިސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްރަށްވެހިންނަށް ޚާއްޞަ މަރުކަޒުތައް އިތުރުވަމުން އަންނަކަން ފާހަގަކުރައްވައި، މެޑަމް ސާޖިދާ ވިދާޅުވީ މި މަރުކަޒުތަކުގެ ސަބަބުން އިސްރަށްވެހިން ހަރަކާތްތެރިވެ، އެހެން މީހުންނާ ބައްދަލުވެ އެކުގައި ވަގުތު ހޭދަކުރުމުގެ ފުރުޞަތު ފަހިވެގެންދާ ކަމަށެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި މިފަދަ މަރުކަޒުތަކުގެ ދައުރު އިތުރަށް ފުޅާވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

މީގެއިތުރުން، ކާށިދޫގައި ބޭއްވުނު ފަދަ އެއްވުންތަކުގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ މަޢުލޫމާތު ލިބި، އިސްރަށްވެހިންގެ މެދުގައި ތަޖުރިބާ ހިއްސާކޮށް، ހުރި ކަންބޮޑުވުންތަކާ މެދު މަޝްވަރާކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ. މިފަދަ މަޝްވަރާތަކުގެ ސަބަބުން ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލުމަށް އެހީތެރިކަމާއި އިރުޝާދު ލިބިގެންދާނެކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ