7 ފެބްރުއަރީ 2012 ގެ އެޅުއްވި ފަދަ ޅަ އެއްޗެއް ނޭޅުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު ނަޝީދަށް އިލްތިމާސް ކުރައްވައިފިއެވެ.
މޫސަ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޕާޓީން ކަނޑާނުލައިގެން އެހެންމީހެއްގެ ރަނިންމޭޓަކަށް ނުވެވިގެން ނުވަތަ އަމިއްލަ ޕަަޓީއެއް އުފައްދަންލަދުން ނަޝީދު އުޅުއްވާނެކަމެއްނެތް ކަމަށެވެ. އަދި ރައީސްކަން ކޮށްފަ ޕާޓީދޫކޮށްފަ ދާ މީހުންގެޙާލަކީ 3000 މެމްބަރުންވެސް ހަމަވަނީ މަރަށް ފުރާނައަށް ކިރިޔާ ކަމަށް މޫސަ ވިދާޅުވިއެވެ.
މޫސަ އިތުރަށް ވިދާޅުވީ ޕާޓީއަތުންދޫވީމަ ވާނެހަތަރެތި މިހާރު ވަނީ ކަމަށާއި އިންތި ގޮވައިގެން ނުކުތް އިންތިޚާބުން ބަލިކުރަން މަސައްކަތްކުރި މަގުސަދު ހާސިލްވެއްޖެ ކަމަށެވެ. އެހެންކަމުން ވިޕްލައިނާ ޚިލާފްވިޔަސް ނަޝީދު ޕާޓީން ވަކި ނުކުރަން މޫސަ އިލްތިމާސްކޮށްފައިވެއެވެ.
މޫސާ މަނިކު މިގޮތަށް ޓުވީޓު ކުރައްވާފައި މިވަނީ އެމްޑީޕީން ޕީޖީ ޝަމީމްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް ނިންމި ނިންމުމާއި ހިލާފަށް ނަޝީދު ފެކްޝަނުގެ 16 މަޖިލިސް މެންބަރުން ވޯޓު ދޭން ނިންމި ނިންމުމާ ގުޅިގެންނެވެ.
މޫސަ އިބޫއާ އެއްކޮޅަށް ތިޔަހާ ވަރަށް ވާހަކަ ދައްކަނީ ސަރުކާރަށް ދައްކަން ޖެހޭ ދަރަނިތައް ނުދައްކާ ހުރެވޭތީބާ!
މީހުނަށް ފާޑު ކިޔުމުގެ ބަދަލުގަ އަތްދަށުލައިގެން ހުރި ރައްޔިތުންގެ ފައިސާތައް ދައްކާ ޚަލާސް ކޮށްްބަލަ. ޙަޔާތް މަދު ކަމުން އަގަ ހުޅުވައެއްނު އެބަ.