- Advertisement -ad image

މެންބަރުން ހަމަކުރަން ޕާޓީތަކަށް ދިން މުއްދަތު މިއަދު ހަމަވާނެ

ad image

ގުޅުންހުރި ލިޔުންތައް

3000 މެންބަރުން ހަމަނުވާ ޕާޓީތަކަށް އެ އަދަދަށް މެންބަރުން ހަމަކުރަން ދިން މުއްދަތު މިއަދު ހަމަވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ސިޔާސީ ޕާޓީގެ ޤާނޫނުގެ 28 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން، ޤާނޫނުގައިވާ ޢަދަދަށް މެންބަރުން ހަމަކުރުމަށް ސިޔާސީ ޕާޓީތަކަށް މުއްދަތެއް ދީފައިވަނީ ތިންހާސް މެންބަރުން ހަމަނުވާ ގިނަ ޕާޓީތަކެއް އިލެކްޝަންސްގައި ރަޖިސްޓްރީކޮށްފައި އޮތުމުންނެވެ.
ޤާނޫނުގައިވާ ޢަދަދަށް މެންބަރުން ހަމަކުރުމަށް ނޯޓިސް ދެވިފައިވާ ސިޔާސީ ޕާޓީތަކުން ހުށަހަޅާ ފޯމުތައް މިރޭގެ 22:00 އާ ހަމައަށް ބަލައިގަތުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.
ގާނޫނުގައިވާ އަދަދަށް މެންބަރުން ހަމަނުވާތީ ނޯޓިސް ފޮނުވި ޕާޓޯތަކުގެ ތެރޭގައި ކުރީގެ ރައީސް މައުމޫނުގެ އެމްއާރުއެމްވެސް ހިމެނެއެވެ. ނަމަވެސް އިލެކްޝަނުން ފަހުން ބުނެފައިވަނީ މޯލްޑިވްސް ރިފޯމް މޫވްމަންޓުން 3000 މެންބަރުން ހަމަކޮށްފައިވާރތީ އެޕާޓީ އުވާ ނުލާނެ ކަމަށެވެ. މެންބަރުން ހަމަނުވާތީ އުވާލަން އިއުލާނުކުރި ޕާޓީތަކުގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަދީބުގެ އެމްޓީޑީވެސް ހިމެނެއެވެ. ނަމަވެސް އެޕާޓީންވެސް މިހާރު ވަަނީ ތިންހާސް މެންބަރުން ހަމަކުރަން ފޯމް ހުށަހަޅާފައި ކަމަށް މައުލޫމާތު ލިބެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ