- Advertisement -ad image

ރައީސް ސާލިހުއަށް 2023 ގައި ތާއީދު ކުރައްވާނެކަން މާރިޔާ އިއުލާންކުރައްވައިފި

ad image

ގުޅުންހުރި ލިޔުންތައް

ރިޔާސީ އިންތިހާބު 2023 ގައި މިހާރުގެ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ދެވަނަ ދައުރަކަށް އިންތިހާބު ކުރުމަށް ތާއީދު ކުރައްވާކަން ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ އިއުލާން ކުރައްވައިފިއެވެ.

މާރިޔާ އަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ދެވަނަ ދައުރަކަށް ހޮވުމަށް ތާއީދު ކުރެއްވި ފުރަތަމަ ވަޒީރެވެ. ރައީސް ސާލިހު ވަނީ ކޯލިޝަނާއެކު 2023 ގެ އިންތިހާބުގައި ވާދަ ކުރެއްވުމުގެ ޝައުގުވެރިކަން އޮތް ކަމަށް ވިދާޅުވެފައެވެ.

ރައީސް ސާލިހު އަށް ތާއީދުކޮށް މާރިޔާ ކުރެއްވި ޓުވީޓުގައި ވިދާޅުވީ، 2018 ވަނަ އަހަރު ރައީސް ޞާލިހު އިންތިޚާބު ވުމަށްފަހު މިއަދާއި ހަމަޔަށް އެމަނިކުފާނު ވަނީ ލީޑަރޝިޕް ކޮލެޓީއާއި ޤައުމު ހިންގުމުގެ ގާބިލްކަން ދައްކަވާފައިކަމަށެވެ. 

ރައީސް ޞާލިހު ވަނީ ގުޅިގެން އެއްބައިވަންތަ ކަމާއިއެކު މަސައްކަތްކޮށް، ޤައުމަށް ގިނަ އިސްލާހީ ބަދަލުތައް ގެނެސްފައިކަމަސް މާރިޔާ ވިދާޅުވިއެވެ. އަދި ޤައުމަށް އިތުރު ކުރިއެރުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާއަށް އިތުރު ދައުރެއް ދިއުމަކީ މުހިންމު ކަމެއްގެ ގޮތުގައި މިނިސްޓަރ މާރިޔާ ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ